ޕްރައިމަރީގައި ނާކާމިޔާބުވާ ފަރާތްތަކަށް އިންތިހާބުގައި ވާދަކުރެވެންޖެހޭ: މައުމޫން ފެކްޝަން

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުގެ ތެރެއިން ޕްރައިމަރީގައި ނާކާމިޔާބުވާ ފަރާތްތަކަށް އިންތިޚާބުގައި ބައިވެރިނުވެވޭ ގޮތަށް ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހަކީ ޤާނޫނު އަސާސީ ޚިލާފު އިސްލާހެށް ކަމަށް ރައީސް މައުމޫން ފެކްޝަނުން ބުނެފިއެވެ.
ރައީސް މައުމޫން ފެކްޝަނުން ނެރުނު ނޫސްބަޔާނެންގައި ބުނެފައި ވަނީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުން ލިބިފައިވާ އަޣްލަބިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން، ތަކުރާރުކޮށް ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްޤުތައް ނިގުޅައިގަންނަން ގާނޫނުތަކަށް އިސްލާހު ހުށަހަޅަމުން އަންނަ ކަމަށެވެ. މަޖިލީސް ހިންގުމުގެ އިޖުރާއަތްތަކާ ޚިލާފަށް، އަވަސް އަވަހަށް އެފަދަ އިސްލާހުތައް ފާސްކުރަމުން ދިޔުމަކީ އެޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެށް ކަމަށް އެ ބަޔާނުގައި ބުނެފައިވެ.
ރައީސް މައުމޫން ފެކްޝަނުން ބުނީ ޕީ.ޕީ.އެމް ގެ ތެރެއިން ލޯކަލް ކައުންސިލް އިންތިޚާބުގައި ޕޮއިންޓް ލިބޭ ފަރާތް ތަކަކަށް މެނުވީ ޕްރައިމަރީގައި ވާދަނުކުރެވޭ ގޮތަށް ނިންމަފައިވާތީ އެކަމުގެ ޝަކުވާ ޕާޓީގެ ރައީސަށް ލިބިވަޑައިގަންނަވާ ކަމަށެވެ. ކުއްލިއަކަށް ޕޮއިންޓް ދޭ ގޮތަކަށް ޢުސޫލުތަކަށް ބަދަލުގެނެސްފައި ވަތީ ޕާޓީ ގެ މެންބަރުންނަށް ޕާޓީގެ އަސާސީ ޤަވާއިދުން ލިބިދޭ ޙައްޤެއް ގެއްލިގެން ދިއުމަކީ އެކަށީގެންވާ ކަމެށް ކަމަށެވެ. އަދި އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްޤަކީ 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 26 ވަނަ މާއްދާގެ 'ށ' އިން ކަށަވަރުކޮށްދީފައިވާ ޙައްޤެއް ކަމަށް ވެސް ރައީސް މައުމޫން ފެކްޝަނުން ބުނެފިއެވެ.
އިންތިޚާބުގައި ޕޮއިންޓް ލިބޭ ފަރާތް ތަކަކަށް ބައިވެރިވެވޭ އުސޫލު ތަކަކީ ޕާޓީގެ އިންތިޚާބު ކޮމިޓީއިން ނިންމާފައިވާ އުސޫލުތަކެއް ނޫން ކަމަށާއި ޕާޓީގެ އަސާސީ ޤަވައިދާއި ހިންގާ ޤަވައިދުގައި ވާގޮތުން އިންތިޚާބު ތަކުގެ އެންމެހާ ކަންކަން ކުރާނީ ޕާޓީގެ އިންތިޚާބު ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ރައީސް މައުމުން ފެކްޝަނުން ބުންޏެއެވެ.
ރައީސް މައުމޫން ފެކްޝަނުން ބުނީ ޕީޕީއެމްގެ މެންބަރުން ޤަބޫލުކުރާ ގޮތުގައި ވާދަވެރި ސިޔާސީ ވެއްޓެއް އޮތުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ކޮންމެހެން ލާޒިމް ކަމެށް ކަމަށާއި ނަމަވެސް ވާދަވެރި ސިޔާސީ ހަރަކާތްތަކަށް އޮތް ޖާގަ ދުވަހަކަށް ވުރެ ދުވަހެއް ހަނި ކުރަމުން ގޮސް އިންތިޚާބުތަކަށް ނުފޫޒު ފޯރުވާ މިންވަރަށް އަމަލުތައް ދިއުމަކީ އެކަން ކުރާ ބަޔަކު ޑިމޮކްރަސީގެ ހަމަތަކަށް އިހުތިރާމް ނުކުރާކަން ދަލީލުކޮށްދޭ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ