ޕީޕީއެމްގެ ރައީސަކީ މައުމޫން އަބްދުލް ޤައްޔޫމްކަން އަންގައިދޭ ލިއުން ޕީޕީއެމް އަށް ސިޓީ ފޮނުވައިގެން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ރައީސް މައުމޫން އަށް އަންގައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ރައީސް މައުމޫން އަށް މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ މައުލޫމާތު ހިއްސާ ކުރަންވާނީ އެ ޕާޓީއަކުން ކަމަށާއި އެކަމަކު ޕާޓީން މައުލޫމާތު ނުލިބިއްޖެ ނަމަ ކޮމިޝަނަށް އެހީތެރި ވެވިދާނެ ކަމަށެވެ.
ލިޔުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދުނީ ޕާޓީގެ ޒިންމާތައް ކައުންސިލުން މުސްތަޝާރާ ހަވާލުކުރި މައްސަލަ ކޯޓުގައި ކުރިއަށް ގެންދިއުމަށް އެފަދަ ލިޔުމެއް ހުށަހަޅަން ޖެހުމުން ކަމަށް އެ ފެކްޝަނުން ހާމަކުރެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ސުލައިމާނަށް މައުމޫން ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ ލިއުމެއް ބޭނުންވަނީ، ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން، އެ ކޯޓަށް ލިއުން ބޭނުންވާތީ ކަމަށެވެ. މި ލިއުމުގެ އިތުރުން، ޖެނުއަރީ 2013 ގައި ބޭއްވި ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގެ ޔައުމިއްޔާގެ ކޮޕީއެއް ވެސް ލިބޭނެ ގޮތް ހައްދަވައިދެއްވަން މައުމޫން ވަނީ އެދިވަޑައިގެންފައެވެ.
ރައީސް މައުމޫން އެމަނިކުފާނަކީ ޕީޕީއެމްގެ ރައީސް ކަން އަންގައިދޭ ލިޔުން ހޯދުމަށް އީސީގައި އެދިފައި މިވަނީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން ސިވިލް ކޯޓުގެ އަމުރަކުން ހަވާލު ކޮށްފައި ވަނިކޮށެވެ.
ޕީޕީއެމްގެ ރައީސް އަކީ މައުމޫންކަން އަންގައިދޭ ލިޔުން ޕީޕީއެމް އިން ހޯދުމަށް އީސީ އިން ރައީސް މައުމޫން އަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ