ފުލުހުންނާއި ށ.މިލަންދޫ ސްކޫލް ގުޅިގެން މިލަންދޫ ސްކޫލުގެ ކެޑޭޓުންނަށް ކޭމްޕެށް ބާއްވައިފި

ށ. މިލަންދޫ ޕޮލިސް ސްޓޭޝަނާއި ށ. މިލަންދޫ ސްކޫލު ގުޅިގެން އެސްކޫލުގެ ކެޑޭޓުންނަށް އަމާޒުކޮށްގެން ކޭމްޕެއް ބާއްވައިފިއެވެ.
މި މާރިޗު މަހުގެ 20 ން 23 އަށް މިލަންދޫ ސްކޫލުގައި ބޭއްވި މި ކޭމްޕަކީ އެސްކޫލުގެ ކެޑޭޓުންނަށް މިއަހަރު ބޭއްވި މިފަދަ ފުރަތަމަ ކޭމްޕް ކަމަށް ފުލުހުން ބުނެއެވެ.
މި ކޭމްޕަކީ މިލަންދޫ ސްކޫލުގެ ކޭޑޭޓް ހަރަކާތުގައި އުޅޭ ދަރިވަރުންނަކީ އަހުލާޤު ރަނގަޅު ބަޔަކަށް ހެދުމަށާއި ޤައުމާއި ރަށަށް ދިމާވާ އެކިއެކި ކަންކަމުގައި ރަށުގައި ހުރި މުއައްސަސާތަކާއެކު މަސައްކަތްކުރެވޭނެ ބަޔަކަށް ހަދައި ކެޑޭޓުންނަކީ އަމަލީ މައިދާނުގައި ސްކޫލުގެ އެހެން ދަރިވަރުން ގޮވައިގެން ކުރިއަށްދެވޭ ފަދަ ބަޔަކަށް ހެދުމުގެ މަޤުޞަދުގައި ބޭއްވި ކޭމްޕެށް ކަމަށް ފުލުހުން ބުނެއެވެ.
79 ދަރިވަރުން ބައިވެރިވި މި ކޭޕްގައި ޕާރސަނަލް ހައިޖީން އާއި ލައިފް ސްކިލްސް އާއި ޓައިމް މެނޭޖްމަންޓާއި ލީޑަރޝިޕްގެ އިތުރުން ފިޒިކަލް ޓްރެއިނިންގ އާއި ސްވިމިންގް އެންޑް ލައިފް ސޭވިންގ ފަދަ ހަރަކާތްތަކަށް ކުރިއަށް ގެންގޮސްފައިވާނެ ކަމަށާއި ޑްރިލްއާއޮ ޓީމް ބިލްޑިންގއާއި ފަސްޓް އެއިޑް ކިޔަވައިދީފައިވާއިރު ދަރިވަރުންނަށް ނަމާދުގެ މުޙިއްމު ކަމާއި މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރުމާއި ޓްރެފިކް ޤާނޫނުގެ މުހިއްމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން މި ކޭމްޕުގައި ވަނީ ތަފާތު ކުޅިވަރު ހަރަކާތްތަކާއި ސްކޮޑްތަކުގައި މެދުގައި ޑްރިލް ކޮމްޕެޓިޝަނެއް ބާއްވާފައި ކަމަށްވެސް ފުލުހުނު ބުނެއެވެ.
މި ކޭމްޕުގައި ސެޝަންތައް ނަގައިދީފައިވަނީ ށ. މިލަންދޫ ސްކޫލުގެ ޓީޗަރުންނާއި މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ކަމަށާއި ށ.މިލަންދޫގައި ސްކޫލާއި ށ.މިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މި ބޭއްވި މި ކޭމްޕަށް ށ.މިލަންދޫ ސްކޫލް ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުމެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ