ގާސިމް އިބްރާހީމް އީދު ތަހުނިޔާ ފޮނުއްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފިތުރު އީދުގެ ތަހުނިޔާ ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
އެމަނިކުފާނުގެ ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ އުފާވެރި ފިތުރު އީދުގެ ތަހުނިޔާއާއި މުބާރަކްބާދު ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާ ކަމަށެވެ.
އަދި މި އުފަލުގައި ވިލާ ގުރޫޕުގެ އެންމެހާ މުވައްޒަފުންނާއި އާއިލާއާއި ޖުމްހޫރީ ޕާޓީގެ އެންމެހާ މެންބަރުންނާއި އާއިލާ ޝާމިލްކޮށް ހެޔޮއެދުންތައް ފޮނުއްވާ ކަމަށެވެ.
އެމަނިކުފާނު ވަނީ ގައުމަށް ފާގަތިކަމާއި ބާއްޖަވެރިކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ