ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގެންފި

ޖޫމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އެމަނިކުފާނު ރާއްޖެ ވަޑައިގެންފައި މިވަނީ ގާތްގަނޑަކަށް ހަތަރު މަސް ދުވަހު ރާއްޖޭގައި ބޭރުގައި އުޅުއްވުމަށްފަހު އެވެ.
ގާސިމް އިބްރާހިމް މިއަދު ރާއްޖެ ވަޑައިގެންނެވީ ޖަރުމަނުގެ ފްރެންކްފާޓުގައި ހުންނެވުމަށްފަހު އެވެ.
ގާސިމް އިބްރާހިމް ރާއްޖެއިން ބޭރުގައި ހުންނެވި ދުވަސްވަރު ސަރުކާރުން ވަނީ އެމަނިކުފާނުގެ މައްޗަށް ބައެއް ތުހުމަތުތައް ކުރައްވާ އެމަނިކުފާނުގެ މުޅި ވިޔަފާރިއަށް ގެއްލުންވާ ގޮތަށް ފިޔަވަޅުތަކެއްވެސް އަޅުއްވާފަ އެވެ. އަދި އެކަމާއި ގުޅިގެން ގާސިމް އިބްރާހިމްގެ ވިލާ ގުރޫޕަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ