ޓްރާންސްޕޯޓު އޮތޯރިޓީގެ ޗެއާމަން އަބުދުއްރަޝީދު ނާފިޒާއި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުއާ ދެކޮޅަށް އުމުރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމު ސިވިލް ކޯޓުގައި ދައުވާ ކުރައްވައިފިއެވެ.
ނާޒިމުގެ ފަރާތުން އުފުލާފައިވާ މި ދެ ދައުވާގެ ޝަރީއަތްވެސް މާދަމާ ފެށުމަށް މިހާރުވަނީ ތާވަލުކޮށްފައެވެ.
ނާޒިމް ނާފިޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ލޯނެއްގެ ގޮތުގައި ނާފިޒަށް ނާޒިމް ދީފައިވާ ތިރީސް ފަސްހާސް ޑޮލަރު ހޯދުމަށެވެ.
އަދި ރިޔާޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2011 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ޖޫން މަހާ ހަމައަށް ރިޔާޒު ރަޝީދާއި އޭނާގެ އަނބިކަނބަލުން އަދި ދެ ދަރިން ދިރިއުޅެމުންގެންދިޔަ މ. ނިޔަދުރުގޭގެ ފަސް ވަނަ ފަންގިފިލާގެ ދެ އެޕާޓްމަންޓެއްގެ ކުލި ނުދައްކާ ކަމަށް ބުނެއެވެ.
މި ދެމައްސަލަ ޝަރީއަތާ ހަމަޔަށް ގޮސްފައިވަނީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ސެކްޝަނުގައި ވާހަކަ ދައްކައިގެން ދެ މައްސަލާގައިވެސް ހައްލެއް ނުލިބުމުނެވެ.
މަޖިލީހުގެ ކުރީގެ ނައިބް ރައީސްކަން ވެސް ކުރައްވާފައިވާ އަހުމަދު ނާޒިމު މިހާރު ގެންދަވަނީ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އަދި މިހާރު ނާޒިމު ހުންނެވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައެވެ.
އަބުދުއްރަޝީދު ނާފިޒާއި، ރިޔާޒު ރަޝީދުއާ ދެކޮޅަށް އަހުމަދު ނާޒިމު ދައުވާ ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ