ހަރުކަށި ފިކުރު އުފެދުނީ މައުމޫން ޢިލްމުވެރިންނަށް އަނިޔާ ދިނުމުން: ޑރ.އިޔާޒް

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އުފެދިގެން ދިޔައީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ދީން އުގެނުނަ ނުދިނުމަށްޓަަކައި ދީނީ ޢިލްމުވެރިންގެ ދޫ ބަންދުކޮށް ޖަލަށްލައި ކުރި އަނިޔާތަކުގެ ސަބަބުން ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.އިޔާޒް މިހެން ވިދާޅުވީ ރާއްޖޭގައި ދީނީ ހަރުކަށި ވިސްނުން ފުޅާވެފައި އޮތް މިންވަރާއި ގުޅޭގޮތުން ރައީސް ޞާލިޙް އުފެއްދެވި ރިޔާސީ ކޮމިޝަނުން ހާމަކުރެއްވި މަޢުލޫމާތުތަކުގެ މައްޗަށް ރިއާޔަތް ކުރައްވައި އޭނާ ކުރެއްވި ޓްވީޓެއްގައެވެ.އިޔާޒުގެ ޓްވީޓުގައި ވިދާޅުވީ ރައީސް މައުމޫން ކަންތައް ކުރެއްވި ގޮތަކީ ރައީސް ޞާލިހް އިބްރަތް ހާސިލް ކުރަން ޖެހޭ ކަންތައްތަކެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އުފެދިފައި ވަނީ މައުމޫންގެ ސަރުކާރުގައި ޢިލްމުވެރިންގެ ދޫތައް ބަންދުކޮށް ޖަލަށްލައި ކުރި އަނިޔާތަކުގެ ސަބަބުން ކަމަށެވެ. އެހެން ކަމުން ރައީސް ޞާލިހް އެކަމުން އިބްރަތް ހާސިލް ކުރެއްވުން ރަނގަޅު ކަމަށް ދެކިލައްވާ ކަމަށް އިޔާޒް ވިދާޅުވިއެވެ.އިޔާޒް މިހެން ވިދާޅުވިއިރު މައުމޫނުގެ ވެރިކަމުގައި ގިނަ ދީނީ ޢިލްމުވެރިން ޖަލަށްލައި، އެފަރާތްތަކަށް ޖަލުގައި ދިން ލާއިންސާނީ އަނިޔާތަކުގެ ތެރެއިން ޢިލްމުވެރިންގެ ތުނބުޅިތަކުގައި އެކި ޒާތުގެ ސޯސް އުނގުޅާ ތުނބުޅި ބާލައި ބައެއް ޢިލްމުވެރިންގެ އަތުގައި އޮތް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބާތިލްކުރި ވާހަކަ އެ ދުވަސް ވަރު ވަނީ ވަރަށް ގަދައަށް ދެކެވިފައެވެ.ދީނީ ޢިލްމުވެރިންނާއި ގުޅިގެން ޑރ.އިޔާޒް މިފަދަ މޭރުމަކުން ވާހަކަ ދެއްކެވިނަމަވެސް ރައީސް މައުމޫން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ