ބޮޑު މުޒާހަރާގައި ތ. އަތޮޅުގެ ހުރިހާ ރައްޔިތުން ބައިވެރިވުމަށް އަތޮޅު ކައުންސިލުން ގޮވާލައިފި
ތ އަތޮޅުގެ ރަށްތައް“އިސްލަމްދީނުގެ ހިމާޔަތުގައި ދިވެހިން” މި ނަމުގައި އަންނަ ހުކުރު ދުވަހު ބާއްވާ ބޮޑު މުޒާހަރާގައި ތ އަތޮޅުގެ ހުރިހާ ރައްޔިތުން ބައިވެރިވުމަށް ތ އަތޮޅު ކައުންސިލުން ގޮވާލައިފިއެވެ.“މި މުޒާހަރާގައި ބައިވެރިވުމަށް މި ކައުންސިލުން ނިންމީ މި މުޒާހަރާއަކީ ސިޔާސީ ކަމަކަށް ނުވެފައި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ ޝިއާރު މަތިވެރިކުރުމަށް ގޮވާލުމަށް ބާއްވާ ޚާއްސަ މުޒާހަރާއަކަށް ވާތީ،” ތ އަތޮޅު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނުގައި ވެއެވެ.މީގެއިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ތ އަތޮޅުގެ ހުރިހާ ރައްޔިތުންނަކީ ވެސް އިސްލާމްދީނުގެ މަތިވެރި އަގީދާގައި ފުރިހަމައަށް ސާބިތުވެތިބި ބަޔަކު ދިރިއުޅޭ އަތޮޅެއްކަން ސަރުކާރަށާއި ބައިނަލް އަގުވާމީ ފަރާތްތަކަށް ކަށަވަރުކޮށް ދޭން ޖެހޭނެކަަމަށެވެ.އަންނަ ހުކުރު ދުވަހު ބާއްވާ ސުލްހަވެރި ބޮޑު މުޒާހަރާގައި ބައިވެރިވުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ