ފައިސާ ހުސްވެ އދ ގެ މަސައްކަތްތަކަށް ބުރޫ އަރާފާނެ ކަމުގެ އިންޒާރެއް!

މެންބަރު ގައުމުތަކުން ދޭން ޖެހޭ ބަޖެޓު ދިނުމުގައި ލަސް ކުރަމުންދާތީ ފައިސާ ހުސްވެ އދގެ މަސައްކަތްތަކަށް ބުރޫ އަރާފާނެ ކަމުގެ އިޝާރާތެއް އދގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ކުރައްވައިފިއެވެ.
ގުޓަރެސް އެވާހަކަތައް ފާހަގަ ކުރައްވާފައިވަނީ އދގެ މުވައްޒަފުންނަށް ގުޓަރެސް ފޮނުއްވި ސިޓިއެއްގައެވެ.
އެ ސިޓީގައި ގުޓަރެސްވަނީ ބައެއް ގައުމުތަކުން ފައިސާ ނުދައްކާތީ ދިމާވަމުންދާ ދަތިތައް އެގައުމުތަކާ ހިއްސާ ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. ފައިސާގެ ދަތިކަން ބޮޑަށް ކުރިމަތިވެފައިވަނީ އެ ގައުމުތަކުން ފައިސާ ނުދައްކައިގެން ކަން ވެސް ފާހަގަކޮށްފައިވާ ކަމަށް ުޓަރެސްވަނީ ވިދާޅުވެފައެވެ.
ބައިނަލް އަގުވާމީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އދއަށް ފައިސާގެ ތާށިކަން ބޮޑުވެފައިވަނީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ގައުމުތަކުން ފައިސާ ދިނުން މާ ބޮޑަށް ލަސް ކުރަމުންދާތީއެވެ.
މިއަހަރުގެ މިހާތަނަށް 81 ގައުމަކުން އަދި ފައިސާ ދައްކާފައި ނުވާ އިރު އދއަށް ބޮޑު އެހީއެއް ދެމުން އަންނަ އެމެރިކާ ވެސް އޭގެތެރޭގައި ހިމެނެއެވެ.
އދގެ ބަޖެޓުގެ 11 އިންސައްތަ އެމެރިކާއިން ހިއްސާ ކުރާ އިރު އދގައި އެމެރިކާގެ ނުފޫޒު ކުޑަވަމުންދާ އިރު އެމެރިކާއިން ދެމުން އަންނަ އަދަދު ަދު ކުރާނެ ކަމުގެ އިޝާރާތްތަކެއް ވެސް އެ ގައުމުން ވަނީކޮށްފައެވެ.
ފައިސާގެ ތަށިކަން ބޮޑުވުމުން ހަރަދުތައް ކުދަ ކުރެވޭނެ ގޮތްތައް ބަލަމުންދާ ކަމަށް އދއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ