އަމުރަށް ނުކިޔަމަންތެރިވާނަމަ، ޕާކިސްތާނުގެ ރައީސް ޒަރްދާރީ މަޤާމުން ދުރުކުރަން ޖެހިދާނެ : ސުޕްރީމް ކޯޓު
އަމުރަށް ނުކިޔަމަންވާ ނަމަ ޕާކިސްތާނުގެ ރައީސް އާސިފު އަލީ ޒަރްދާރީ އާއި ބޮޑުވަޒީރު ޔޫސުފް ރިޒާ ޣިލާނީ މަގާމުން ދުރުކުރަން ޖެހިދާނެ ކަމުގެ ހަރުކަށި އިންޒާރެއް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ކުއްލިގޮތަކަށް ދީފިއެވެ.މިއިންޒާރު ދީފައި ވަނީ ޒަރުދާރީ އާއި އިތުރު 8،000 މީހުންގެ ހިޔާނާތުގެ މައްސަލައެއް ނުބެލޭ ގޮތަށް ދީފައިވާ ހިމާޔަތް އުވާލުމަށް ފަހު އަލުން އެ މައްސަލަ ހުޅުވާލުމަށް ގޮވާލުމުން ޒަރްދާރީގެ ސަރުކާރުން އެކަމަށް ދެކޮޅުހަދަމުންދާތީއެވެ. އެމައްސަލަ ނުބެލޭ ގޮތަށް ހިމާޔަތް ދީފައިވާއިރު 3،478 މައްސަލައެއް ހިމެނެއެވެ.ކޯޓުން ހާމަކޮށްފައިވާ ގޮތުގައި މިހާރު އެ ހިމާޔަތެއް ލިބިދީފައި ނުވާ ކަމަށާއި ސަރުކާރުން ކޮރަޕްޝަންގެ ހުރިހާ މައްސަލަތަކެއް ބަލަން ޖެހޭނެ ކަމަށެވެ. މި މައްސަލަތަކުގެ ތެރޭގައި ބެދިފައި ތިބި ސިޔާސީ ފަރާތްތަކުގެ އަދަދު 30 އަށް ވުރެ މައްޗަށް އަރައެވެ. މިއީ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފްގެ ވެރިކަމުގެ މައްސަލަތަކެކެވެ.މިމައްސަލަތައް އަލުން ބެލުމަށް ސުޕްރީމް ކޯޓުން ޒަރްދާރީ އަށް އިންޒާރު ކޮށްފައިވާއިރު ގައުމަށް އެނބުރި ވަޑައިގަތުމަށް މުޝައްރަފް ދަނީ ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.އޭނާވަނީ އަލުން ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރައްވައިގެން ސިޔާސީ މައިދާނަށް ނުކުމެވަޑައިގަންނަވާނެކަން އިއުލާން ކުރައްވާފައެވެ. އޭނާގެ އިތުރުން، ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން ޕާކިސްތާނުގެ ވެރިކަމަށް ވަޑައިގެންނެވުމަށް ވަރުގަދަ ކެމްޕޭނެއް މިހާރު ފައްޓަވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ