103 ސުކޫލެއްގައި ނެޝަނަލް އެސެސްމަންޓް މިއަދު ފަށައިފި
އެޑިއުކޭޝަން މިނިސްޓްރީއިން ރާއްޖޭގެ 103 ސުކޫލެއްގައި ނެޝަނަލް އެސެސްމަންޓް މިއަދު ފަށައިފިއެވެ.މި އެސެސްމެންޓަކީ ރާއްޖޭގެ ސްކޫލު މަދަރުސާތަކުގައި ދެވޭ ތަޢުލީމުގެ ފެންވަރު ވަޒަންކޮށް، ދަރިވަރުންގެ އުންގެނުމުގެ ފެންވަރު މަތިކުރުމަށް، އެ މިނިސްޓްރީ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 4 އަދި 7 ގެ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން، ކުރިއަށް ގެންދާ އެސެސްމެންޓެކެވެ. އެގޮތުން މިއަދު ފަށާފައިވަނީ ދިވެހި ބަސް، އިނގިރޭސި ބަސް އަދި ހިސާބު މި ތިން މާއްދާގެ ނޭޝަނަލް އެސެސްމަންޓެވެ. މި އެސެސްޓްމެންޓް ވަނީ ރާއްޖޭގެ ސްކޫލުތަކުގެ ތެރެއިން ހޮވާލެވުނު 103 ސުކޫލެއްގެ ހަހާސް ހަތަރު ސަތޭކަ ހަތް ދަރިވަރުން ބައިވެރިވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.މި އެސެސްމަންޓުގެ ބޭނުމަކީ ގްރޭޑް 3 އަދި 6 ނިންމާ ދަރިވަރުންނަށް، އެސެސްމަންޓުގައި ހިމެނޭ މާއްދާތަކުގެ މުޤައްރަރުން ހާސިލުވާންޖެހޭ މިންވަރު ހާސިލުވެފައި ވޭތޯ ދެނެގަތުމާއެކު، ޕްރައިމަރީ މަރުޙަލާގައި، އެދަރިވަރުން ޙާޞިލްކުރާ ނަތީޖާތަކަށް އަސަރުކުރާ ސަބަބުތައް ދެނެގަތުމަށްޓަކައި ދަރިވަރުންނާއި، މުދައްރިސުންގެ ފަރާތުން މައުލޫމާތު އެއްކުރުމެވެ. އަދި މި މަޢުލޫމާތުގެ އަލީގައި ތަޢުލީމީ ގޮތުން ދަރިވަރުންނަށް ޙާޞިލުވާ މިންވަރު ޤައުމީ ފެންވަރުގައި ދެނެގަނެވޭނެކަމަށާއި މީގެ ސަބަބުން ތަޢުލީމީ ސިޔާސަތުތައް ބައްޓަން ކުރުމަށާއި އުނގެނުމާއި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް ކުރަންވީ ބައެއް ކަންކަން ފާހަގަކުރެވޭނެކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި އެސެސްމެންޓް ފާއިތުވި ދެއަހަރުގައިވެސް ކުރިއަށް ގެންގޮސް އޭގެ ނަތީޖާ އިއުލާންކޮށްފައި. އަދި މިއަދު ފެށުނު އެސެސްމެންޓް ކުރިއަށްދާނީ އަންނަ ބުދަ ދުވަހާއި ހަމަޔަށް ކަމަށް އެމިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ