ގދ. ހޯޑެއްދޫ އިން ކަރަންޓް ކެނޑި އެރަށުގެ ގޭގޭގައި ބޭނުންކުރާ ގިނަ އަދަދެއްގެ ކަރަންޓް ސާމާނަށް ގެއްލުން ވެއްޖެއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ހޯޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޔާޟް ވިދާޅުވީ ވޭތުވެ ދިޔަ ހަތަރު އަހަރު ވެސް އެރަށުގެ އިންޖީނު ބަދަލު ކުރުމުން ކަރަންޓް ކެނޑެމުންދާ ކަމަށާއި އެހެން ދިމާވަނީ ސިންކްރޮނައިޒް ސިސްޓަމެއް ނެތުމުން ކަމަށެވެ. އަދި ބުދަދުވަހުގެރޭ އިރު އޮއްސި 6 ޖެހިއިރު ކަރަންޓް ބަދަލު ކުރުމާ އެކު ކަރަންޓް ކެނޑި، ކަރަންޓުން ބޭނުން ކުރެވޭ ގިނަ އަދަދެއްގެ ސާމާނު ހަލާކުވެފައިވާ ކަމަށެވެ.
އަޔާޟް ވިދާޅުވީ ގާތްގަނޑަކަށް 60 ވަރަކަށް ގޭގެ އެފަދަ ސާމާނު ހަލާކުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އައިސްއަލަމާރި އާއި ޓީވީ އާއި ރިސީވަރާއި، ބޮކި ފަދަ ތަކެތި ހިމެނޭ ކަމަށެވެ. މީގެ އިތުރުން ގާތްގަނޑަކަށް 50 ވަރަކަށް ގެއިން ކަރަންޓް ކެނޑި ކަނުއަނދިރީގައިވާ ކަމަށް ވެސް އަޔާޟް ވިދާޅުވިއެވެ.
އަޔާޟް ވިދާޅުވީ ބުދަ ދަުވަހު މައްސަލަ ދިމާވީ ފެނަކައިގެ މެކޭނިކުން އެރަށަށް އައިސް މަރާމާތުކުރި އިންޖީނަކުން ކަރަންޓް ދިން ވަގުތު ކަމަށެވެ.
ލިބިފައިވާ ގެއްލުން އަދި މުޅިން ސާފުނުވާކަން ފާހަގަ ކުރައްވަމުން އަޔާޟް ވިދާޅުވީ މިހާތަނަށް ގެއްލުން ލިބުނު ސާމާނު އެނގެނީ ވިރިފައި ހުރުމުން ކަމަށާއި ކަރަންޓް ނެތުމުން ގެއްލުން ލިބުނީ އަދި ގެއްލުން ނުލިބެނީ ކޮން އެއްޗެއްސަކަށް ކަން ނޭނގޭ ކަމަށެވެ. އަދި އެކަން ބަލަމުންދާ ކަމަށް ވެސް އަޔާޒް ވިދާޅުވިއެވެ.
ގާތްގަނޑަކަށް އާބާދީގައި 1300 މީހުން ދިރިއުޅޭ ހޯޑެއްދޫގައި 267 ގެ ހުރެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ހޯޑެއްދޫ އިން ކަރަންޓް ކެނޑި ގިނަ ތަކެއްޗަށް ގެއްލުން ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ