މައުމޫން އޮފީހުގެ އަންހެން މުވައްޒަފެއް ފުލުހުން ހައްޔަރުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފެއް ކަމަށްވާ ނަޖުމާ ދިރިއުޅޭ ގެ އަށް ފުލުހުން ވަދެ އޭނާ ހައްޔަރު ކޮށްގެން ގެންގޮސްފި އެވެ. ނަމަވެސް އޭނާ ހައްޔަރު ކުރީ ކޮން މައްސަލައެއްގައި ކަމެއް އަދި ނޭނގެ އެވެ.
އަދި މައުމޫންގެ އަނބިކަނބަލުންގެ އާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވާ ގެ، މ. އެންދެރި ގަސް އަށް ފުލުހުން ވަދެ މިހާރު ދަނީ އެ ގެ ބަލައި ފާސް ކުރަމުންނެވެ. އަދި މައުމޫންގެ ސަލާމަތީ ކަންތަކުގައި ހަރަކާތްތެރިވާ މީހަކު ދިރިއުޅޭ ގެއަކަށް ވެސް ފުލުހުން ވަދެ މިހާރު ފާސް ކުރަމުން އަންނަ ކަން އެނގިފައިވެ އެވެ.
އިތުރު ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ