މިހާރު ހައްޔަރުކޮށްފައި ތިބި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފަހަކަށް އައިސް އިނގިރޭސިވިލާތާއި ސްރީލަންކާ އަށް ގިނަ ދަތުރުތަކެއް ކޮށްފައިވާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދު އިނގިރޭސިވިލާތާއި ސްރީލަންކާ އަށް ދަތުރު ކުރިކަމުގެ މައުލޫމާތު ލިބިގެން އިންޑިއާގެ "ދަ ވަޔާ" އިން ސުވާލު ކުރުމުން ރައީސް ނަޝީދު ވެސް ވަނީ އެމައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އެދަތުރުފުޅުތަކުގެ ނަތީޖާ ކަމަށް ވެދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދު މިދިޔަ ޑިސެމްބަރ މަހު ލަންކާ އަށް ވަޑައިގެންނެވި ކަމަށް މީގެ ކުރިން "ވަގުތު" އިން ވެސް ރިޕޯޓް ކޮށްފައި ވެއެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ދަތުރުފުޅުތަކުގެ އެއްވެސް އިތުރު ތަފްސީލެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
ދާދިފަހުން ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވެސް ވަކިބޭފުޅެއްގެ ނަން ވިދާޅުނުވެ ނަމަވެސް ބެލެވޭ ގޮތުގައި ދެފަނޑިޔާރުންނަށް އިޝާރާތް ކުރައްވާ ވިދާޅުވީ ވަރަށް ގިނައިން ލަންކާ އަށް ވަޑައިގަންނަވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މުންދު ވަނީ ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ލަންކާގައި ކަމަށް ވެސް ވިދާޅުވެފައެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދު ވަނީ އިނގިރޭސިވިލާތާއި ސްރީލަންކާ އަށް ގިނަ ދަތުރުތަކެއް ކުރެއްވި ކަމަށް މީޑިއާތަކުން ރިޕޯޓް ކުރަމުން ދާއިރު މެލޭޝިއާގެ އިންޓެލިޖެންސުން ވަނީ، އަބްދުﷲ ސަޢީދާއި އަލީ ހަމީދުގެ އެކައުންޓަށް ޖުމްލަ 30 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ކަށަވަރުކޮށްދީފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިންޑިއާގެ ނޫހެއްގައި ބުނެފައިވަނީ، އަބްދުﷲ ސަޢީދާއި އަލީ ހަމީދުގެ އެކައުންޓަށް ފޮނުވާފައިވާ ފައިސާއިން ކޮންމެ ބޭފުޅަކަށް 15 މިލިއަން ޑޮލަރު ޖަމާކޮށްފައިވާއިރު، އެ ފައިސާ ފޮނުވާފައި ވަނީ އެދެބޭފުޅުން މެލޭޝިއާގައި ހުޅުވާފައިވާ އެޤައުމުގެ ބޭންކެއްގެ އެކައުންޓަކަށެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދު ވަނީ އިނގިރޭސިވިލާތާއި ލަންކާ އަށް ގިނަ ދަތުރުތަކެއް ކޮށްފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ