ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ނިރުބަވެރިކަމުގެ (ޓެރަރިޒަމް) ގެ ދައުވާ ޝަރީއަތް އަންނަ އާދީއްތަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ޝަރީއަތް ތާވަލު ކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 15:00 އަށެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ރައީސް މައުމޫން އަށް ނިރުބަވެރިކަމުގެ ދައުވާ ކުރާއިރު އެމަނިކުފާނުގެ މައްޗަށް ވަނީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާވެސް އުފުލާފަ އެވެ.
އެ ދައުވާ ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ހެކިތަކެއް ހުރި ކަމަށް ބެލެވޭތީ އެ ބޭފުޅުންގެ ފޯނު ދޭން އެންގުމުން ފޯނު ދީފައި ނުވާތީ އެވެ. މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ.
ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމުގެ މައްޗަށް ވެސް ވަނީ ނިރުބަވެރިކަމުގެ ދައުވާ އުފުލާފައެވެ.
މައުމޫން އަށް ކުރާ ނިރުބަވެރިކަމުގެ ދައުވާގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ