ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތް ގޮތުން އެފަދަ މައްސަލަތަކުގައި ސިއްރު ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ޕްރޮސެކިއުޓާ ޖެނެރަލް ނިންމަވައިފި އެވެ.
ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާގޮތުން، ޖިނާއީ މައްސަލަތަކުގައި ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ނެގޭނީ ހެއްކާއި ބެހޭ ގާނޫނުގައި ބަޔާންކުރާ ގޮތަށް އަދި އެ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގަ އެވެ. ނަމަވެސް 1976 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ހެއްކާ ބެހޭ އެ ގާނޫނުގައި ސިއްރު ހެކީގެ އެއްވެސް ވާހަކައެއް ބަޔާން ކޮށްފައެއް ނުވެއެވެ.
ފުލުހުންގެ އެންގުމަށް ފޯނު ނުދެއްވި ކަމަށްބުނާ މައްސަލައިގައި، އަބްދުﷲ ސައީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލު ކަމަށް ކަނޑައެޅީ ހެކިބަސް ނަގާފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ އެވެ.
ހައިކޯޓުގެ ހުކުމް ގައި ވަނީ، ސުޕްރީމް ކޯޓުން އެ މައްސަލައިގައި ހުކުމް ކުރިއިރު ކުރިއަށް ގެންދިޔަ މަރުހަލާތަކުގައި ގާނޫނާއި އަދި އުސޫލާ ހިލާފަށް ބައެއް ކަންކަން ހިނގާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ސިއްރު ހެކިބަސް ނަގާފައި ވަނީ ރަނގަޅަށް ނޫން ކަމަށްވެސް، ހައިކޯޓުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރަށް ފޯނުގައި ހެކި ހުރިކަން އެނގޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމާއި، ފޯނުގެ ސައްހަކަން އެނގޭނެ މައުލޫމާތު ހުށަހަޅާފައި ނެތް ކަމަށް ވެސް ހައިކޯޓުން ރިއާޔަތްކުރި ކަންކަމުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ފޯނެއް ދެވެން ނެތް ހާލަތެއްގައި، ފޯނު ނުދެވުމަކީ ކުށެއް ކަމަށް ނުބެލެވޭނެ ކަންވެސް ހައިކޯޓުން ފާހަގަކޮށްފައިވެ އެވެ.
މި މައްސަލައިގައި ހައިކޯޓުގެ ހުކުމް އިއްވިއިރު، ސިއްރު ހެކިބަހުގެ އުސޫލު ކަނޑައެޅީ ރަނގަޅަށް ނޫން ކަމަށް ފެންނާތީ އެ މައްސަލައިގެ ޙުކުމުގެ އެބައި ސުޕްރީމް ކޯޓަށް ހުށަހަޅަން ދައުލައުން ވަނީ ނިންމާފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، އިޖުރާތު ޤާނޫނުގެ 149 ވަނަ މާއްދާގެ (ހ) އާއިއެކު، ޤާނޫނުގެ 119، 131 އާއި 134 ހިމަނައި، މުޅި ޤާނޫނު އެކުގައި ކިޔާއިރު ހައިކޯޓުގެ މިއަދުގެ ޙުކުމުން ކަނޑައެޅި ސިއްރު ހެކިބަހުގެ އުސޫލު ރަނގަޅަށް ނޫން ކަމަށެވެ. އެހެންކަމުން އެ ޙުކުމުގެ ސިއްރު ހެކީގެ ބައި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމަވާފައިވާ ކަމަށެވެ.
ސިއްރު ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅި މައްސަލައިގައި ޕީޖީ ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ