ސަފާރީ ރޭޕް: ފުލުހުންގެ ވާހަކަ ގަބޫލުކުރަން ދަތި: އުޝާމް

ހުޅުމާޅެ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅިގެން ފުލުހުން ދައްކާ ވާހަކަ ގަބޫލުކުރަން ދަތި ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އުޝާމް މިހެން ވިދާޅުވީ އެ މައްސަލައާއި ގުޅޭގޮތުން އަވަސްގައި ލިޔެފައިވާ ރިޕޯޓަކާއެކު ކުރެއްވި ޓްވީޓެއްގައެވެ.
ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވީ މިފަދަ މައްސަލަތަކުގައި އެންމެ މުހިންމުވާނީ "ގޯލްޑަން އަވާ" ތެރޭގައި ހެކި ހޯދުންކަން ފުލުހުންނަށް އެނގޭނެ ކަމަށެވެ. އެ ފުރުސަތު ގެއްލުނީ ނުވަތަ ގެއްލުވާލީ ކޮން ސަބަބަކާއި ގުޅިގެންކަން ފުލުހުން ރައްޔިތުންނަށް އަދިވެސް ސާފުކޮށް ނުދޭ ކަމަށް އުޝާމް ވިދާޅުވިއެވެ.
"މި މައްސަލާގައި ފުލުހުން ދައްކާ ވާހަކަ ގަބޫލުކުރަން ދަތި،" އުޝާމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އަވަސްގެ ރިޕޯޓާއެކު އުޝާމް ކުރައްވާފައިވާ ޓްވީޓް --
މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ފުލުހުން ވަނީ މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލުމުގެ ކުރިން ބަގުރަލަށް ޓެސްޓް ނުކުރާ ކަމަށް ބުނެފައެވެ. އަދި އެ ވަގުތު ސަފާރީއަށްވެސް ފުލުހުން އަރާފައިނުވާ ކަމަށް ވަނީ ބުނެފައެވެ.
މައްސަލާގައި ހިމެނޭ އަންހެން މީހާ އެކި ފަހަރު އެކި ގޮތަށް ދަނީ ވާހަކަވެސް ދައްކަމުންނެވެ. އެންމެ ފަހުން މީޑިއާތަކާ އޭނާ ހިއްސާކުރި ވާހަކަތަކާއި ފުލުހުންނަށް ދިން ބަޔާނުގައިވާ ވާހަކަތަކާވެސް ތަފާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ