މޫސުން ގޯސްވެ ކ.އަތޮޅުން ފެށިގެން ލ.އަތޮޅާ ހަމައަށް ވައިޓް އެލަރޓް ނެރެފި

މޫސުން ގޯސްވުމުގެ ސަބަބުން ކ.އަތޮޅުން ފެށިގެން ލ.އަތޮޅާ ހަމައަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއެލަރޓް ނެރެފައިވަނީ މިއަދުގެ މެންދުރުފަހު 15:30އިން ފެށިގެން މިރޭގެ 20:30އާ ހަމައަށެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިސަރަޙައްދުގެ މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. މޫސުން ގޯސްވުމާ ގުޅިގެން މިއަދު ހެނދުނު ވ.އަތޮޅާއި ލ.އަތޮޅާ ދެމެދުގެ ރަށްތަކަށްވެސް ވައިޓް އެލަރޓް ނެރެފައިވެއެވެ.
މިދުވަސްވަރަކީ މޫސުން ގޮސް ދުވަސްވަރެއްކަމުން ދަތުރުފަތުރުކުރުމުގައި މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ. އަދި ވިއްސާރަވުމުގެ ސަބަބުން ފެންބޮޑުވުމާއި ފުރާޅު އެއްލާލުންފަދަ ހާދިސާއެއް ދިމާވެދާނެތީ ދުރާލައި އެކަމަށް ތައްޔާރުވެ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުންވެސް މުހިންމެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ