ވާނެގޮތެއްވާން މިޤައުމު ދޫކޮށްނުލާން ގައްސާން މައުމޫނު ގޮވާލައިފި

ވާނެގޮތެއްވާން މިޤައުމު ދޫކޮށްނުލާން ތ.ގުރައިދާ ދާއިރާގެ މެމްބަރު ގައްސާން މައުމޫނު އެދިވަޑައިގެންފިއެވެ. ޤައްސާނު މިކަން ހާމަކުރައްވާފައިވަނީ ކުރެއްވި ޓްވިޓެއްގައެވެ. 
މިހާރަކަށް އައިސް ދިވެހިރާއްޖޭގައި ކޮވިޑް ޖެހޭމީހުންގެ ޢަދަދު ދުވާލަކު އެވްރެޖުކޮށް 100 އަށްވުރެ މަތިވެފައިވާއިރު އަދި ބަލިޖެހިގެން މަރުވާ މީހުންގެ ޢަދަދު މަތިވެފައިވާ މިދަޑިވަޅުގައި ޤައްސާނު ވިދާޅުވެފައިވަނީ ސިއްހީމާހިރުންގެ ބަސްޤަބޫލުކުރައްވާނެކަމަށް ރައީސުލް ޖުމުހޫރިއްޔާ ވިދާޅުވެފައިވިއަސް ކޮވިޑް 19 އަށް ޕޮޒިޓިވް ވާމީހުން ދުވަހެއް ދުވަހަށް އިތުރުވަމުންދާތީ މި ދަނޑިވަޅުގައި އަޅާފައިވާ ފިޔަވަޅުތަކަކީ ސިއްހީމާހިރުން ލަފާގެ މަތިން އަޅާފައިވާ ފިޔަވަޅުތަކެއްތޯ ވަނީ ސުވާލުކޮށްފައެވެ.
ކޮންމެ ރެއަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހާމަކުރާ މަޢުލޫމާތައް އަޅާބަލާއިރު ކޮވިޑު ބަލިޖެހޭ މިންވަރު ދަނީ އިތުރުވަމުންނެވެ. އަދި އެކަމުގެ ބިރު ބޮޑުކަމަށް ބައެއް ފަރާތްތަކުން މަޢުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ