ލާލޭ އެއްބަސްވުމުގެ މުއްދަތު އިތުރުނުކޮށް އެ ސްކޫލް ހިންގާނެ ބަޔަކު ހޯދަން ބިޑަށް ލާން ނިންމައިފި

ހުޅުމާލޭގައި ހުންނަ ލާލޭ ޔޫތް އިންޓަނޭޝަނަލް ސްކޫލް ހިންގުމަށް ލާލޭ މިވަގުތު ހިންގާ ފަރާތާއެކު ހަދާފައިވާ އެއްބަސްވުގެ މުއްދަތު އިތުރުނުކޮށް އެ ސްކޫލް ހިންގާނެ ބަޔަކު ހޯދަން ބިޑަށް ލާން ނިންމައިފިއެވެ.
އެކަން އިއުލާންކޮށްފައި ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން އެޑިޔުކޭޝަން މިނިސްޓްރީން ލާލޭ ސްކޫލްގެ ބެލެނިވެރިންނާއިއެކު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.
ލާލޭ ބެެލެނިވެރިންނާއިކު މި ކުރިއަަށްދާ ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ އިތުރުން ބައެއް އިސްވެރިންގެ ޓީމެއް ބައިވެރިވެފައިވާއިރު، މިނިސްޓްރީގެ ނިންމުން ބެލެނިވެރިންނަށް ވަނީ ތަފްސީލުކޮށްދެއްވާފައެވެ.
ލާލޭ އާއިއެކު ހަދާފައިވާ އެގްރީމެންޓް އަންނަ އޮކްޓޯބަރ މަހުގެ ދެ ވަނަ ދުވަހު ހަމަވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ