ކަރަންޓު ގެ އަގު ބޮޑުވުމާއި ގުޅިގެން ތުލުސްދޫގައިވެސް މުޒާހަރާކޮށްފި

ކަރަންޓުގެ އަގު ބޮޑުވެފައިވާ ކަމަށާއި، މާލެ އާއި އަތޮޅު ތެރޭގެ ރަށްތަކަށް ކަރަންޓުން ނަގާ ފީގައި ހުރި ތަފާތު ކުރުންތައް ނައްތައިލުމަށް ގޮވާލައި ކ ތުލުސްދޫގައިވެސް އިއްޔެ މުޒާހަރާކޮށްފިއެވެ.
ލުސްދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުއް ރައްޒާގު އަލީ ވިދާޅުވީ ކަރަންޓު ބިލު ބޮދުވުމުގެ ޝަކުވާ ކައުންސިލަށް ވެސް ލިބެމުން އަންނަ ކަމަށާއި، ކަރަންޓުގެ އަގާއި މެދު ސަރުކާރާއި ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ކ އަތޮޅުން ތުލުސްދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލުން ކަރަންޓު ބިލުތައް ނުދައްކަން ނިންމާފައިވާ ކަމަށާއި، ތުލުސްދޫ ކައުންސިލު އެގޮތަށް ނިންމާފައި ނުވާތީވެސް ރައްޔިތުން އަންނަނީ ނުރުހުން ފާޅުކުރަމުން ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބެންދެން މުޒާހަރާ ކުރުމަށް ނިންމާފައިވާއިރު، ސްޓެލްކޯ އިން ބުނީ ކަރަންޓު ބިލަކީ ކަރަންޓު ބޭނުން ކުރާ ނިސްބަތަކުން ނޫނީ ބޮޑުވާނެ އެއްޗެއް ނޫން ކަމަށާއި، ކަރަންޓު ބިލް ބޮޑު ވެގެން މުޒާހަރާ ކުރާ ފަރާތްތަކުގެ ކަންބޮޑުވުމަކީ ކޮބައިތޯ ބެލުމަށް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
ކަރަންޓުގެ އަގު މައްޗަށް ގޮސްފައިވާ ކަމަށްބުނެ ކ އަތޮޅު ހިންމަފުށީގައިވެސް ވަނީ މުޒާހަރާއެއް ކޮށްފައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ