ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ މާރޗް 3 ގައި
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ވާދަކުރަން ބޭނުންވާ އެމްޑީޕީގެ އެއް ކެނޑިޑޭޓަށްވުރެ ގިނަ ކެނޑިޑޭޓުން ތިބިނަމަ އެކެނޑިޑޭޓުންގެ މެދުގައި ބާއްވާ ޕްރައިމަރީ އަންނަ މާރޗް މަހުގެ ތިން ވަނަ ދުވަހު ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.
އެމްޑީޕީންބުނީ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ބޭނުންވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ބޭނުންވާ ލިއުންތަކާއިއެކު މިމަހުގެ އޮނަތިރީސް ވަނަ ދުވަހުގެ ނިޔަލަށް އެޕާޓީއަށް ހުށައަޅަންޖެހޭނެކަމަށެވެ.
މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން އިންތިހާބް ބާއްވައިގެން ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޤައްސާން މައުމޫނާއި ވާދަކޮށް އެމްޑީޕީން ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވާއިރު ޕީޕީއެމްއިން ބުނެފައިވަނީ މިފަހަރުވެސް އެޕާޓީން ކެނޑިޑޭޓަކު ނެރޭނެކަމަށެވެ. ނަމަވެސް ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން ޢަލީ ވިދާޅުވީ ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވޭނީ އިއްތިހާދުން އެއް ކެނޑިޑޭޓެއް ނެރެގެންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ