ސުޕްރީމް ކޯޓްގެ ހުކުމާއެކު ޖޭޕީގެ ކެމްޕޭން އަލުން ފަށައިފި

އިންތިހާބު ފުރަތަމަ ބުރުގެ ނަތީޖާ ބާތިލުކޮށް މި މަހު 20 ގެ ކުރިން ފުރަތަމަ ބުރު ބާއްވާ އަންނަ މަހު 3 ގެ ކުރިން ދެވަނަ ބުރު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ސުޕްރީމް ކޯޓުން ވަނީ އަންގައި ހުކުމްކޮށްފި
ހުކުމް:
ސުޕްރީމް ކޯޓުން ހުކުމްކުރާ ވަގުތުން ފެށިގެން 72 ގަޑިއިރުގެ ތެރޭގައި، އިންތިހާބު ބޭއްވުމާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަނުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް އެންގި
ހުކުމް:
ދެވަނަ ހޯއްދެވި ޕީޕީއެމްގެ އަބްދުﷲ ޔާމީން އާއި ތިންވަނަ ލިބިވަޑައިގެންނެވި ގާސިމް އިބްރާހީމް އަށް ލިބުނު ވޯޓުގެ ތަފާތު ގާތްގަނޑަކަށް 2،000 ގައި އުޅޭ އިރު 5623 ވޯޓުގައި މައްސަލަ ހުރުމަކީ ނަތީޖާ އަށް އަސަރުކުރާނެ ކަމެއް. ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓްގެ އޮޑިޓުން 5623 ވޯޓުގައި މައްސަލަ އެބަހުރި ކަމަށް ދައްކާފައިވޭ. އެއީ 18 އަހަރު ނުވާ ކުދިންނާއި މަރުވެފައިވާ ކަމަށް ހަދައި އެކަކު ދެފަހަރު ވޯޓު ލާފައިވޭ. ޑީއެންއާރުގެ ރަޖިސްޓްރީގައި ނެތް މީހުން ވޯޓުލާފައިވޭ.
ހުކުމް:
މާލޭ ދަފްތަރުގައި ތިބި މީހުންނަށް ވަކި ވޯޓު ފޮއްޓެއް ބެހެއްޓުމަށް ހުކުމް ކުރި އިރު އަށާރަ އަހަރު ނުވާ އެއްވެސް ކުއްޖަކަށް ވޯޓު ނުލެވޭނެ ކަން ކަށަވަރުކުރުމަށާއި ވޯޓުލާ މީހުންގެ ލިސްޓަކީ ކެންޑިޑޭޓުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ލިސްޓަކަށް ހެދުމާއި އެހެން އެއްވެސް ލިސްޓެއް އިންތިހާބުގައި ބޭނުން ނުކުރުމަށާއި، އިންތިހާބުގެ އޮފިޝަލުންނަކީ ވަކި ފަރާތަކަށް ނުޖެހޭ ބައެއްކަން ކަށަވަރުކުރުމަށް އެ މީހުންގެ މައުލޫމާތު ކެންޑިޑޭޓުންގެ މަންދޫބުންނާ ހިއްސާކުރުމާއި، ޑީއެންއާރު ޑޭޓާބޭސް އަކީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން ލިސްޓް ތައްޔާރުކުރުމުގައި އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރާ ހަމައެކަނި މަސްދަރުކަމަށް ހެދުމަށް ހުކުމްގައިވޭ.
ގާސިމް އިބުރާހިމް:
ގާނޫނު އަސާސީއަށް ބޭނުން ގޮތެއް ނުހެދޭނެ ކަން ސުޕްރީމް ކޯޓުން އަންގައިދީފި. އެކުރެއްވި މަސައްކަތަށް ސާބަސް ދެން. ކަންކަން ކުރަންވީ ގޮތް ވަނީ ވަރަށް ރަނގަޅަށް ހުކުމްގައި ބަޔާންކޮށްފައި. އަޅުގަނޑު ބެލީ ޒަމާނުންސުރެ އޮތް ވޯޓް އޮޅުވާލުމުގެ ކަންތައް މާޒީގެ ތެރެއަށް ފޮނުވާލަން. އެކަން ވެގެން އެދިޔައީ. އެއީ ސުޕްރީމް ކޯޓްގެ އެންމެ ފަހުގެ ނިންމުން. މިއާމެދު ޝައްކެއް އުފައްދާކަށް ނުޖެހޭނެ. އުފެއްދިއަސް އެކަމާ ވިސްނުމަށް ދަންނަވަން. މިއީ ގައުމަށް ކުރިއެރުމެއް ލިބުނު ރެއެއް.
މުޒާހަރާގެ ތެރެއިން ދާދި ދެންމެއަކު ވަނީ މީހަކު ހައްޔަރުކޮށްފައި.
ހުކުމުގައި 5623 ވޯޓު އޮލުވާލާފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނި އިރު ސިކިއުރިޓީ ފީޗާތަކާ އެކު ވޯޓު ކަރުދާސް އަލުން ޗާޕްކޮށް، އަދި ވަކި ގައިޑްލައިންތަކެއް ފޮލޯކުރުމަށް ވެސް ހުކުމްގައި ވަނީ އަމުރުކޮށްފައި.
ފުރަތަމަ ބުރު މި މަހުގެ 20 ވަނަ ދުވަހު ބޭއްވޭނެކަން ކަށަވަރު ކުރަން އަމުރު ކުރި އިރު ދެވަނަ ބުރު އަންނަ މަހުގެ 3 ގެ ކުރިން ބޭއްވުމަށް ވެސް ހުކުމް ކުރި. ހުކުމާއެކު ކޮމިޝަންގެ ނައިބު ރައީސް ވަނީ ނޫސްވެރިންނާ ކުރިމަތި ނުލައްވާ ވަޑައިގެންފައި.
މިވަގުތު އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ދަނީ ފުޅި އުކަމުން. ފުޅި އުކުމާއެކު ގޮވާލަމުން ދަނީ ދެން އިންތިހާބު ކާމިޔާބު ކުރާނީ އެއްބުރުން ކަމަށް.
މައްސަލަ ކޯޓަށް ހުށަހެޅި ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި ލީޑަރުން އެ ޕާޓީގެ މާލަމުގައި އުފާފާޅު ކުރަނީ.
ހުކުމް މިގޮތަށް އައިސްފައި ވަނީ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން. އެއީ ފަނޑިޔާރު އަބްދުﷲ ސައީދު، އަލީ ހަމީދު، އާދަމް މުހައްމަދު، އަހުމަދު އަބްދުﷲ ދީދީ. ރައުޔު ތަފާތުވީ ފަނޑިޔާރު އަބްދުﷲ އަރީފާއި މުއުތަސިމް އަދުނާނާއި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން.
ހުކުމުގައި ބުނަނީ ސުޕްރީމް ކޯޓްގެ ގަޒިއްޔާ އިން ނިންމާފައިވާ ގަޒިއްޔާ އެއް ގޮތަށް ގެންގޮސްފައިވާ އިންތިހާބަކަށް ނުވާތީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލުކޮށް މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެކަން ކުރެވޭނެ ގޮތް އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކުރުމަށް. މިވަގު އެކި ބޭފުޅުން ގެންދަވަނީ އިންޓަވިއުތައް ދެއްވަނީ.
އިންތިހާބު ބާތިލުކޮށްފި
މިވަގުތު ޕީޕީއެމްގެ ޖަލްސާއެއް ވެސް އާޓިފިޝަލް ބީޗްގައި ކުރިޔަށް އެބަދޭ.
ސުޕްރީމް ކޯޓް ހިމެނޭ ސަރަހައްދާ އެމްޑީޕީން މުޒާހަރާ ކުރާއިރު ކޯޓަށް މައްސަލަ ވެއްދި ޖުމްހޫރީ ޕާޓީގެ މައި މާލަން. މ. ކުނޫޒުގައި މާ ބޮޑު ހަރަކާތެއް ނެތް.
ސުޕްރީމް ކޯޓް ކައިރިން:
މުޒާހަރާގެ ތެރެއިން ބަޔަކު ދެ ފަހަރެއްގެ މަތިން ބެރިކޭޑްތައް ފޫ އަޅުވައިލާ 10 ވަރަކަށް ފޫޓު އެތެރެއަށް ވަނުމުން ސަލާމާތީ ބާރުތަކުން ވަނީ އިތުރަށް ވަރުގަދަކޮށްފައި. މުޒާހަރާ ގައި މިހާރު ގޮވަނީ ސުޕްރީމް ކޯޓްގެ ނިންމުން ބަލައި ނުގަންގާނެ ކަމަށާއި ކުރިން ނެރުނު އަމުރަކީ ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް. އިތުރު ގޯޅިތައް ވެސް މިހާރު ވަނީ ބަންދުކޮށްފައި. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް މުޒާހަރާގެ ތެރޭގައި ހިމެނޭ.
ޑރ. ޝަހީދު ކުރައްވާފައިވާ ޓްވީޓެއް.
ކުރިން ވެސް އޮތް ސަރަހައްދަށް އެމްޑީޕީގެ މުޒާހަރާ ވަނީ މިހާރު ފަހަތަށް ޖައްސާފައި. އިތުރު ސިފައިންނާއި ފުލުހުން އެ ސަރަހައްދުގަ އާއި ސުޕްރީމް ކޯޓް ކައިރީގައިހަރަކާތްތެރިވާން ފަށައިފި.
ބެރިކޭޑްތައް ފަޅާލާފައި މުޒާހަރާގެ ތެރެއިން އެތެރެއަށް ވަދެގެންފި. ސިފައިން މިވަގުތު އެމީހުން މައިތިރިކޮށް ފަހަތަށް ޖައްސަނީ
އެމްޑީޕީގެ މުޒާހަރާ އެފްޑީއައި ކަންމަތީގައި. ސުޕްރީމް ކޯޓް ސަރަހައްދުގައި ތިބީ ނޫސްވެރިން.
ހުކުމް އަވަސް ކުރުމަށް ގޮވާލާ އެމްޑީޕީން ކުރާ މުޒާހަރާ ކުރިޔަށްދަނީ
މުޒާހަރާ ސަރައްދުން ދެންމެ ބަޔަކު ބެރިކޭޑްތައް ފޫއަޅުވާލައި ވަންނަން ވަނީ މަސައްކަތްކޮށްފައި. މިހާރު އެ ސަރަހައްދުގައި ގިނަ އަދެއްގެ ފުލުހުން ވެސް ވަނީ ޖަމާވެފައި.
ސުޕްރީމް ކޯޓް ކައިރީގައި ތިބީ ނޫސްވެރިން. މުޒާހަރާ ސަރަހައްދުގައި އެމްޑީޕީން ގޮވާލަނީ އަވަހަށް ހުކުމް އިއްވުމަށާއި އިންތިހާބު އަވަސްކޮށް ދިނުމަށް. ގިނަ އަދަދެއްގެ މީހުން ވަނީ ޖަމާވެފައި.
އެމްޑީޕީގެ މުޒާހަރާގައި ޝުއޫރު ފާޅު ކުރުން ފިޔަވައި އެހެން ކަމެއް ނުކުރޭ. ފެންނަނީ ވަރަށް އޮމާންކޮށް،
އިންތިހާބު އަވަސް ކުރަން ގޮވާލާ އެމްޑީޕީން ފަށާފައިވާ ސިލްސިލާ މުޒާހަރާ މިވަގުތު ވެސް އެފްޑީއައި ސަރަހައްދުގައި ކުރިޔަށް އެބަދޭ.
ފަނޑިޔާރު މުއުތަސިމް އަދުނާން:
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން އުފަންވެވަޑައިގަތީ 09 ފެބުރުއަރީ 1965 ގައި ފުރަމާލެއަށެވެ. ތަޢުލީމު ޙާޞިލުކުރެއްވީ މަޖީދިއްޔާ ސްކޫލް އިންނެވެ. ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، ޤާނޫނީ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަކިންގހަމް އިންނެވެ. އަދި ސްކޮޓްލަންޑްގެ ޔުނިވަރސިޓީ ގްލާސްގޯ އިން މާސްޓަރ އޮފް ފިލޯސަފީ ޙާޞިލުކުރައްވާފައެވެ. ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން އަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރެއްވުމުގެ ހުއްދަ އޮންނަ ބޭފުޅެކެވެ.
ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ:
01 އޮކްޓޯބަރ 1966 ގައި ސ. ހިތަދޫއަށް އުފަންވެވަޑައިގެންނެވި އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މަތީ ތަޢުލީމު ހޯއްދަވާފައިވަނީ މިސްރުގެ ޤާހިރާގެ އަލްއަޒްހަރު ޔުނިވަރސިޓީންނެވެ. މިގޮތުން ހާޞިލުކުރައްވާފައިވާތަޢުލީމީ ސަރޓިފިކެޓް ތަކަކީ؛
- ޕަބްލިކް އިންޓަނޭޝަނަލް ލޯ ގެ ރޮނގުން ފަރސްޓް ކްލާސް އޮނަރގެ ދަރަޖައިން ޕީ.އެޗް.ޑީ (2008).
- ކޮންސްޓިޓިއުޝަނަލް ލޯ ގެ ރޮނގުން އެކްސެލެންޓް ދަރަޖައިން މާސްޓަރސް ޑިގްރީ (2000).
- ޕަބްލިކް ލޯ ގެ ރޮނގުން ޕޯސްޓް ގްރެޖުއޭޓް ސްޓަޑީސް (1995).
- ޝަރީޢަތާއި ޤާނޫނީ ޢިލްމުގެ ރޮނގުން ބެޗްލަރ އޮފް ލޯސް (1993).
1996 ވަނަ އަހަރު ޤާނޫނީ ވަކީލެއްގެ ހައިޘިއްޔަތުން ވަކާލާތުކުރުމުގެ ހުއްދަ ލިބި ދިވެހިރާއްޖެ އާއި މިސްރުގައި ލީގަލް ކޮންސަލްޓެންޓެންޓެއްގެ ގޮތުގައި ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ މަސައްކަތްކުރައްވާފައެވެ.
ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ގެ މަޤާމު 2010 ވަނަ އަހަރު ފުރުއްވާފައެވެ. އަދި 2008 ވަނަ އަހަރު ދިވެހިރާއްޖޭގެ އެޓަރނީ ޖެނެރަލްގެ ނައިބުގެ މަޤާމު ފުރުއްވާފައިވެއެވެ.
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އެކަޑަމިކް އަދި ޢިލްމީ މަސައްކަތްޕުޅުތަކުގެ ތެރޭގައި ލެކްޗަރަރއެއްގެ ގޮތުން ފެކަލްޓީ އޮފް ޝަރިއާ އެންޑް ލޯ،ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް ގައި ޕަބްލިކް އިންޓަނޭޝަނަލް ލޯ، ކޮންސްޓިޓިއުޝަނަލް ލޯ، އެޑްމިނިސްޓްރޭޓިވް ލޯ، އިސްލާމިކް ކޮންސްޓިޓިއުޝަނަލް ލޯ އަދި އިސްލާމިކް ކްރިމިނަލް ލޯ ކިޔަވައިދެއްވުން ހިމެނެއެވެ. އަދި ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަކީ އިޖިޕްޝަން ސޮސައިޓީ އޮފް އިންޓަރނޭޝަނަލް ލޯ އާއި ދިވެހިރާއްޖޭގެ އިސްލާމިކް ފިޤްހު އެކަޑަމީގެ މެންބަރެކެވެ.
ފަނޑިޔާރު އާދަމް މުހައްމަދު:
އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ އުފަންވެވަޑައިގެންނެވީ 16 ނޮވެމްބަރު 1966 ގައި ލ. މާވަށަށެވެ. އަދި އެމަނިކުފާނު 1995 ވަނަ އަހަރު ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ ޝަރީއާ އެންޑް ލޯގެ ދާއިރާއިން މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީ އިންނެވެ. 2010އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި 2010 ވަނަ އަހަރު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމާއި 2003 އިން 2010 އަށް ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމާއި 1997 ވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރުގެ އެހީތެރިޔާގެ މަޤާމާއި ހައިކޯޓުގެ ރަޖިސްޓްރަރގެ މަޤާމު ފުރުއްވާފައިވެއެވެ. އަދި މީގެ އިތުރުން 1995 އިން 1997 ވަނަ އަހަރާ ހަމަޔަށް ޝަރީއާ އެންޑް ލޯގެ ލެކްޗަރަރ ކަން ކުރައްވާފައިވެއެވެ.
ފަނޑިޔާރު އަލީ ހަމީދު:
އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދު އުފަންވެވަޑައިގެންނެވީ 25 ސެޕްޓެމްބަރ 1964 ގައި ސ. ހުޅުދޫއަށެވެ. އަދި އެމަނިކުފާނު ޤާނޫނީ ދާއިރާއިން ޑިގްރީ ހާޞިލުކުރެއްވީ މައްކާގައި ހުންނަ އުއްމުލް- ޤުރާ ޔުނިވަރސިޓީއިންނެވެ. އަދި ކެނެޑާގެ ކޮމަންވެލްތް ޖުޑީޝަލް އެޑިއުކޭޝަން އިންސްޓިޓިއުޓް އިން ފެލޯޝިޕް ވަނީ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުންވެސް އެމަނިކުފާނުވަނީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަންކުރުމުގެ ހުއްދަ ނަންގަވާފައިވެއެވެ. އެ މަނިކުފާނު ދެނެވަޑައިގަންނަވާ ބަސްތަކުގެ ތެރޭގައި އިނގިރޭސި، އުރުދޫ އަދި އަރަބި ހިމެނެއެވެ.
އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދު ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި 1996 އިން ފެށިގެން 2010 އާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމާއި 1993 އިން ފެށިގެން 1996 އާ ހަމައަށް މިނިސްޓްރީ އޮފް ޖަސްޓިސް ގެ ޤާޟީއެއްގެ މަޤާމާއި އެ މިނިސްޓްރީގެ ކޯޓު ނަންބަރު 1، 2 އަދި 4 ގެ ސިޓިންގ ޖަޖްގެ މަޤާމުގެ އިތުރުން ޤާނޫނު މުރަޖަޢާ ކުރާ ކޮމިޓީގެ މެމްބަރުކަމާއި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ މެމްބަރުކަމާއި ލޯ ކޮމިޝަނުގެ މެމްބަރުކަމާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމާއި ނެޝަނަލް ޕެރޯލް ބޯޑުގެ މެމްބަރުކަން ހިމެނެއެވެ. އަދި މީގެއިތުރުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއިމިނިސްޓްރީ އޮފް ހޯމް އެފެއާޒްއަދި އެޓަރނީ ޖެނެރަލްގެ އޮފީހުގައިވެސް ވަނީ މަސައްކަތްކުރައްވާފައެވެ.
ފަނޑިޔާރު އަބްދުﷲ އަރީފު:
އަލްއުސްތާޛް ޢަބްދުﷲ އަރީފް އުފަންވެވަޑައިގެންނެވީ 20 އޮކްޓޯބަރ 1968 ގައި އއ. ތޮއްޑޫ އަށެވެ. އަދި އެމަނިކުފާނު 1997 ވަނަ އަހަރު ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ ޝަރީއާ އެންޑް ލޯގެ ދާއިރާއިން މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ އިންނެވެ. އަލްއުސްތާޛް ޢަބްދުﷲ އަރީފް ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި 2005 އިން 2008 އަށް ޖިނާއީ ކޯޓުގެ އިސް ޤާޟީގެ މަޤާމާއި 1998 އިން 2005 އަށް އެކޯޓުގެ ޤާޟީގެ މަޤާމު ހިމެނިވަޑައިގަންނަވައެވެ.
ފަނޑިޔާރު އަބްދުﷲ ސައީދު:
އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފައިވަނީ ސ. މީދޫގައި، 1964 ސެޕްޓެމްބަރ 25 ވަނަ ދުވަހުއެވެ.
އަލްއުސްތާޛު ޢަބްދުﷲ ސަޢީދު 1994 ވަނައަހަރު މިޞުރުގެ އަލްއަޒްހަރު ޔުނިވަރސިޓީ އިން ޤާނޫނުގެ ރޮނގުންނާއި ޝަރީޢާގެ ރޮގުން އެލްއެލްބީ (ކޮމްބައިންޑް އޮނަރސް) ޑިގްރީ ޙާޞިލްކުރައްވާފައިވެއެވެ. އަދި 1999 އަހަރު އިންޓަރނޭޝަނަލް މެރިޓައިމް ލޯ އިންސްޓިޓިއުޓު/ މޯލްޓާގައި ޤާނޫނުގެ ރޮނގުން މާސްޓަރ(އެލް އެލް އެމް) ޑިގްރީ ޙާޞިލްކުރައްވާފައިވެއެވެ. 5 ޑިސެމްބަރ 1997- 1މާރޗް 1998 އިންޑިޔާގެ ޕާރލަމެންޓުގައި ޕާރލަމެންޓަރީ ދިރާސާތަކާއި ޤާނޫނު ޑްރާފްޓް ކުރުމުގެ ރޮނގުން ތަމްރީން ކޯހެއް ފުރިހަމަކުރައްވާފައިވެއެވެ. އަދި ގިނަ ޢަދަދެއްގެ ސެމިނަރ އާއި މަސައްކަތު ބައްދަލުވުންތަކުގައި ބައިވެރިވެ ޤާނޫނުގެ ރޮނގުން ގިނަ ތަމްރީނުތަކާއި ތަޖްރިބާތައް ހޯއްދަވާފައިވެއެވެ. އޭގެ ތެރޭގައި ކޯސް އޮން އިފެކްޓިވް ޑިސްޕިޔުޓް މެނޭޖްމެންޓް އިން އަ ޗޭންޖިންގ ވަރލްޑް26-30 ނޮވެމްބަރ 2001، ސިންގަޕޯރ؛ ސެމިނާރ އޮން ކަސްޓަމަރ އޮރިއެންޓެޑް ސަރވިސް، (ސިވިލް ސަރވިސް ކޮލެޖް، ސިންގަޕޯރ އިން މާލޭގައި ބޭއްވި)؛ ޖުޑިޝަލް ސްޓަޑީސް އެންޑް ޓްރޭނިން ޕްރޮގްރާމް 2001، (ސިންގަޕޯރ، މެލޭޝިއާ، އަދި އޮސްޓްރޭލިއާގެ ޖުޑިޝަރީތަކުގައި)؛ ކޯސް އޮން އޭވިއޭޝަން އެކްސިޑެންޓް އިންވެސްޓިގޭޝަން، ސިންގަޕޯރ އޭވިއޭޝަން އެކަޑެމީ، 16- 22 ފެބްރުއަރީ 2000؛ ޑަބްލިޔުއައިޕީއޯ ނޭޝަނަލް ވަރކް ޝޮޕް އޮން އިންޓެލެކްޗުއަލް ޕްރޮޕަރޓީ އެންޑް ދި އެގްރީމެންޓް އޮން ޓްރޭޑް ރިލޭޓޭޑް އެސް ޕެކްޓްސް އޮފް އިންޓެލެކްޗުއަލް ޕޮރޮޕަރޓީ ރައިޓްސް 24-25 ނޮވެމްބަރ 1999، (މާލޭގައި ވަރލްޑް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮގަނައިޒޭޝަނުން ބޭއްވި)؛ ކޯސް އޮން އިންޓަރނޭޝަނަލް މެރިޓައިމް ލޭބަރ ލޯ 15-19 ފެބްރުއަރީ 1999؛ ސެމިނާރ އޮން ފިޑިކް އޮފް (މޭސަންސް) މާލެ، 15-16 މޭ 1996؛ ވަރކްޝޮޕް އޮން އީއީޒެޑް މެނެޖްމެންޓް އެންޑް މެރިޓައިމް ލެޖިސްލޭޝަން )އިކޮނޮމިކް އެންޑް ލީގަލް އެޑްވައިޒަރީ ސަރވިސް ޑިވިޜަނުން މާލޭގައި ބޭއްވި) ހިމެނެއެވެ.އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ 1995 ޖޫން 27 ގައެވެ. ސަރުކާރުން ދެއްވި ވަޒީފާއަކީ އެޓަރނީ ޖެނެރަލް އޮފީހުގެ ސްޓޭޓް އެޓަރނީކަމެވެ. މިވަޒީފާގައި ދަށުކޯޓްތަކާއި ހައިކޯޓްގައި ދައުލަތުގެ ފަރާތުން ވަކާލާތުކުރެއްވުމުގެ އިތުރަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކަށް ޤާނޫނީލަފާދިނުމުގައި މަސައްކަތްކުރައްވާފައިވެއެވެ.ޢަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވަނީ މޯލްޑިވްސް ކޮލެޖް އޮފް އެޑިޔުކޭޝަ ން (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ)ގެ ފެކަލްޓި އޮފް ޝަރީޢާ އެންޑް ލޯގެ ފުރަތަމަ ޑީންކަމަށް ސަރުކާރުން ޢައްޔަންކުރައްވާފައެވެ. މިމުހިއްމު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ތެރެއިން ޒަމާނާއެއްގޮތަށް ރާއްޖޭގެ ޤާނޫނީ ތަޢުލީމުގެ ބިންގާ އަޅައި ދިނުމުގެ މަސްއޫލިއްޔަތު އަދާކޮށްފައިވެއެވެ. އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ގިނަގުނަ ޚިދުމަތްތައް ސަރުކާރަށް ދެއްވުމުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވުމަށްފަހު ޕީއެޗްޑީ އަށް ކިޔަވައިވިދާޅުވުމުގެ މަސައްކަތް ވަނީ ފަށްޓަވާފައެވެ. އޭރު ހުންނެވީ، އެޓަރނީ ޖެނެރަލް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް، ޕަބްލިކް ޕްރޮސެކިއުޝަންގެ މަޤާމުގައެވެ. އަދި އޭގެ ފަހުގައި އެމަނިކުފާނު އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރަލް އޮރގަނައިޒޭޝަނުގެ ލީގަލް އޮފީހުގައި މަސައްކަތް ކުރައްވައި ތަޖްރިބާ ހޯއަދަވާފައިވެއެވެ. އެހެންމެ، ސަރުކާރުގެ ކިތަންމެ ކޮމިޓީއެއްގައި ބައިވެރވިވެވަޑައިގަންނަވަމުން ގެންދަވާފައިވެއެވެ. އޭގެ ތެރޭގައި ދިވެހި ރާއްޖޭގެ ލޯ ކޮމިޝަންގެ މެމްބަރުކަން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާ ބެހޭ ޔުނިޓުގެ ލީގަލް އޮފިސަރުކަން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ މަޖްލިހުގެ މެމްބަރުކަން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުގެ ކޮލެޖް ކައުންސިލުގެ މެމްބަރުކަން، މެރިޓައިމް ޓްރެއިނިންގ އެޑްވައިޒަރީ ބޯރޑުގެ މެމްބަރުކަން، ޓެންޑަރ އިވެލުއޭޝަން ބޯރޑުގެ މެމްބަރުކަން، ނާރކޮޓިކްސް ކޮންޓްރޯލް ބޯރޑުގެ އެޑްވައިޒަރީ ކައުންސިލުގެ މެމްބަރުކަން، ހިމެނެއެވެ.
ސުޕްރީމް ކޯޓް ހިމެނޭ ސަރަހައްދާއި އެ ސަރަހައްދާ ގުޅިފައިވާ ހުރިހާ ހިސާބެއްގައި ސަލާމާތީ ބާރުތަކުން ވަނީ ފިޔަވަޅުތައް އަޅައި ތައްޔާރީ ހާލަތަކަށް އައިސްފައި.
މައްސަލައިގައި ހުކުމެއް އިއްވުން އަވަސް ވާނެ ކަމަކަށް ލަފައެއް ނުކުރެވޭ. ދުސްތޫރީ މައްސަލައަކަށްވެފައި މައްސަލައިގައި ފަނޑިޔާރުންގެ ތަފާތު ހުރިނަމަ އިތުރަށް ދިގު ދެމިގެން ދިއުން އެކަށީގެންވޭ.
އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން:
އަޙްމަދު ފާއިޒް ޙުސައިން އުފަންވެވަޑައިގެންނެވީ 28 އޭޕްރީލް 1963 ގައި ހދ. ވައިކަރަދޫ އަށް. އެމަނިކުފާނު 1999 ވަނަ އަހަރު ޤާނޫނުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލުކުރެއްވީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިން. އަޙްމަދު ފާއިޒް ޙުސައިން ވަނީ ޝަރުޢީ ދާއިރާގައި ގިނަ މަޤާމްތަކެއް ފުރުއްވާފަ. އޭގެ ތެރޭގައި ޤާނޫނު އަސާސީގެ 282 ވަނަ މާއްދާގެ (ށ) ގެ ދަށުން ސުޕްރީމް ކޯޓު އުފެދި އުއްތަމަ ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރާނޭ މީހަކު އައްޔަން ކުރެވެންދެން ޢަދުލު އިންސާފު ޤާއިމު ކުރުމުގެ އެންމެ އިސްފަރާތެއްގެ ގޮތުގައި މަސައްކަތް ކުރުމާއި 2008 އިން 2010 އަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި 2004 އިން 2008 އަށް ހައިކޯޓުގެ ޤާޒީގެ މަޤާމުގެ އިތުރުން 1994 އިން 2004 އަށް ސިވިލް ކޯޓުގެ ޤާޒީގެ މަޤާމު ހިމެނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ