އިހަވަންދޫ ދާއިރާގެ މެމްބަރާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު ލައްވާފައިވާ ކުއްލި މައްސަލަތަކެއް ބޭރުކޮށްލައިފި

އިހަވަންދޫ ދާއިރާގެ މެމްބަރު އަޙްމަދު އަބްދުﷲ އާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރު ލައްވާފައިވާ ދެ ކުއްލި މައްސަލަ ބަލައިނުގަނެވޭނެކަމަށް ރިޔާސަތުން ބުނެ ބޭރުކޮށްލައިފިއެވެ.
މި ދެ ކުއްލި މައްސަލަ ވެސް ބަލައިނުގަނޭވެކަމަށް ވިދާޅުވެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް ވިދާޅުވީ މަޖިލިހުގެ ކައުންސިލް ޖެނެރަލް ލަފާދެއްވާފައިވަނީ މަޖިލިހުގެ ޤަވައިދުގެ 140 ވަނަ މާއްދާގެ ދަށުންނާއި 149 ވަނަ މާއްދާގެ (މ) ގެ ދަށުން މި ދެ މައްސަލަ ވެސް ބަލައިނުގަނެވޭނެކަމަށެވެ.
މި ދެ މައްސަލަ ވެސް ބޭރުކޮށްލުމުން މި ދެ މައްސަލަ ހުށައެޅުއްވި ބޭފުޅުން ވަނީ މަޖިލިހުގެ ރިޔާސަތުން މިއަދު އަމަލުކުރެއްވީ އެހެން ދުވަސް ދުވަހު އަމަލުކުރައްވާ ގޮތަށް ނޫންކަމަށް ވިދާޅުވެ ނިޒާމީ ނުކުތާ ނަންގަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ