އިޒްރޭލްގެ ބްލޮގާ އޮހާދު ސްޕަކް ލިޔުނު ރިޕޯޓްގެ ހުލާސާ: އަޒްމީ އަލީ
ޓައިމްސް އޮފް އިޒްރޭލްގެ ބްލޮގަށް އޮހާދު ލިޔެ އެވެ؛ ދިވެހި ރާއްޖޭގެ ރިޔާސީ އިންތިހާބު އިޒްރޭލަށް މުހިންމުވަނީ އިޒްރޭލާ ރަހްމަތްތެރި އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ނަޝީދު އިންތިހާބުގައި ވާދަ ކުރައްވާތީ އެވެ. އިޒްރޭލްގެ މިނިސްޓްރީ އޮފް ޖަސްޓިސްގައި ކުރިން މަސައްކަތް ކޮށްފައިވާ އޮހާދު ލިޔާ ގޮތުން ރާއްޖެއަކީ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭ ގައުމެކެވެ. އެއާއެކު ރާއްޖޭގެ ރަށްތަކަކީ "ހައްދު ފަހަނައަޅާފައިވާ މުސްލިމުންގެ ޓެރަރިސްޓް ހަތާ" ތަކަށްވާން އިންޑިއާއިން ނޭދެ އެވެ. އަދި އިޒްރޭލަށް ރާއްޖޭގެ ރިޔާސީ އިންތިހާބު މުހިންމުވެ އެވެ.
ނަވާރަސަތޭކަ ފަސްދޮޅަސް ފަހެއްގައި ރާއްޖެ އާއި އިޒްރޭލްގެ ޑިޕްލޮމެޓިކް ގުޅުން ބާއްވާފައިވާކަން ތާރީހުން އެނގޭ ކަމަށާއި އެ ގުޅުން ރާއްޖެއިން ކަނޑާލީ 1974 ގައި ކަމަށް ފާހަކޮށް އޮހާދު ބުނަނީ އެ ދިގު ތާރީހަށްފަހު ރާއްޖެ އާއި އިޒްރޭލްގެ ގުޅުން ބަދަހި ކޮށްދިނީ ރައީސް ނަޝީދު ކަމަށާއި ސިއްހަތާއި ޓުއަރިޒަމާއި ތައުލީމީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ރައީސް ނަޝީދުގެ ވެރިކަމުގައި އެއްބަސްވުން ތަކެއްގައި ސޮއި ކުރެވި 2011 ވަނަ އަހަރު އޭރު ރާއްޖޭގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް އިޒްރޭލަށް ވަޑައިގެންނެވި ކަމަށެވެ.
އޭނާ އަދި ލިޔެ އެވެ: އިސްލާމް ދީނާ ދެކޮޅު ހަދާ ދީނުގައި ބުނާ ކަންތައްތަކަށް ފާޅުގައި ނޫނެކޭ ބުނާ ވެރިޔަކު ރާއްޖެފަދަ ސުންނީ މުސްލިމުން ދިރިއުޅޭ ގައުމެއްގެ ވެރިއަކަށް ހޮވިއްޖެ ނަމަ މުހިންމު ތިން ކަމެއް އިސްރާއީލުގެ ސަރުކާރުން ވީ އެންމެ އަވަހަކަށް ކުރަންޖެހޭނެ އެވެ. ފުރަތަމަ ކަމަކަށް ރައީސް ނަޝީދު ހޮވިވަޑައިގެންފިނަމަ ވީ އެންމެ އަވަހަކަށް ނަޝީދު އިސްރާއީލަށް ޒިޔާރަތް ކުރަން ދައުވަތެއް އަރުވަން ވާން އޭނާ ހިޔާލު ދެއެވެ. އަދި ޗައިނާ، އިންޑިއާ އަދި އިނގިރޭސި ވިލާތަށްވުރެ ރާއްޖެއިން އިޒްރޭލާ އޮންނަ ގުޅުން ބަދަހިކުރަން ރައީސް ނަތަންޔާހޫ މަސައްކަތް ކުރަން ހިޔާލު ދެ އެވެ.
މީގެ އިތުރުން އިޒްރޭލުން ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖެއަށް ލޮލުގެ ޑޮކްޓަރުން ފޮނުވި އުސޫލުން ރާއްޖެއަށްދޭ އެހީތައް ވަރުގަދަކޮށް ދިވެހިންގެ ހިތްތަކުގައި އިޒްރޭލުގެ މައްޗަށް ލޯބި އާލާކޮށް އދ. ގެ ކައުންސިލްގައި ފަލަސްތީނާ ދެކޮޅަށް ރާއްޖެއިން ވޯޓު ދިނުމަށް ކުރެވެން އޮތް ކަމެއް ކުރާން އޭނާ ގޮވާލަ އެވެ. ތިންވަނަ ކަމެއްގެ ގޮތުން ބްލޮގާ ބުނަނީ ރާއްޖެއާއި އިގްތިސޯދީ ގޮތުން ގުޅުން ބަދަހިކޮށް ރާއްޖެ އާރާސްތުކުރަން އިޒްރޭލަށް ކުރެވެން އޮތް ކަމެއް ކުރަންވާނެ ކަމަށެވެ.
ދިވެހި ރިޔާސީ އިންތިހާބު އިޒްރޭލަށް މުހިންމުވަނީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ