"މައުމޫނު ރިފޯމް މޫވްމަންޓް" އެމްއާރުއެމްގެ އަންހެން ވެރިންގެ ޓީމާއި ޒުވާނުންގެ ޓީމާއި ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ދެކަނބަލުން ބައްދަލު ކުރައްވައިފިއެވެ.
މި ދެޓީމާއި ބައްދަލުކުރެއްވުމަށް ފަހު މިރޭ ކުރެއްވި ޓްވިޓެއްގައި ރައީސް މައުމޫނު ވިދާޅުވީ އެމްއާރުއެމްގެ އަންހެނުންގެ ޓީމާއި ޒުވާނުންގެ ޓީމާއި ބައްދަލު ކޮށްލުމަކީ ދެކަނބަލުންނަށް ލިބިވަޑައިގެންނެވި އުފަލެއް ކަމުގައެވެ.It was a pleasure for me & my wife to meet members of MRM women’s team & MRM youth team to thank each & everyone of them for their hard work & dedication to our cause. pic.twitter.com/acxpKG2f29— Maumoon Abdul Gayoom (@maumoonagayoom) October 22, 2018ރައީސް މައުމޫނުވަނީ އެމްއާރުއެމްގެ އަންނެހުންގެ ޓީމާއި ޒުވާނުންގެ ޓީމުން ކޮށްފައިވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.
އެމްއާރުއެމް އުފެދިގެން އައީ ޕީޕީއެމް ދެފެކްޝަނަށް ބައިވެ ރައީސް މައުމޫނުގެ ފަޅީގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިންނެވެ.
ރައީސް މައުމޫނު ޖަލުގައި އޮންނެވިއިރު އެމްއާރުއެމް އުފެދިވަނީ ރައީސް މައުމޫނާއި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އިސްލާހީ މަސައްކަތާއި ނިމިދިޔަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހްއަށް ވޯޓް ހޯދައި ދިނުމަށްވެސް އެމްއާރުއެމުންވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.
އެމްއާރުއެމްގެ އަންހެނުންގެ ޓީމާއި ޒުވާނުންގެ ޓީމާއިއެކު ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ