އީސީ ޝަރީފު މުއާޒަށް: މިހުރީ ގައުމުން ބޭރުގައި، އަހަރެން ހޯދާ މަންޖެ ކައިރީ ބުނެލާތި!

މި ވަގުތު މި ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށާއި އެވާހަކަ އޭނާ ހޯދާ މަންޖެ ކައިރީ ބުނެލަދިނުމަށް އެދި ރައީސް ޔާމީންގެ ސްޕޯކްސްޕާސަން އިބްރާހީމް މުއާޒް އަލީ އަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ޓުވީޓް ކުރައްވައިފި އެވެ.
ޝަރީފު މި ގޮތަށް ޓުވީޓު ކުރައްވާފައި ވަނީ މިއަދު ހެނދުގެ ވަގުތެއްގަ އެވެ.
މި ޓުވީޓާ ގުޅިގެން ޝަރީފުގެ ޓުވީޓަށް ޖަވާބުދިން ވަރަށް ގިނަ މީހުން ވަނީ ޝަރީފު އެ ވިދާޅުވާ ކުއްޖަކީ ކާކުތޯ ސުވާލު އުފައްދައިފަ އެވެ. އެ ކުއްޖަކީ ރާއްޖޭގެ ޓީވީ ޗެނަލެއްގައި މަސައްކަތް ކުރައްވާ މަޝްހޫރު ޕްރެސެންޓަރެއް ކަމަށް ދޭހަވާ ގޮތަކަށް ވެސް ބައެއް މީހުން ވަނީ ޓުވީޓުކޮށްފަ އެވެ.
ޝަރީފުގެ މި ޓުވީޓަށް ޖަވާބުދީފައިވާ ގިނަ މީހުން ބުނެފައިވާ ގޮތުގައި މިފަދަ ޓުވީޓެއް ކުރެއްވުމަކީ ޝަރީފު ފަދަ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކު ކުރައްވައިގެން ވާނޭ ކަމެއް ނޫނެވެ. މި ޓުވީޓުން ޝަރީފުގެ މިނިވަން ކަމާ މެދު ސުވާލު އުފެއްދޭ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ