ލޯޑުމަތިވާ ގަޑިތަކުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިދާނެ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ލޯޑުމަތިވާ ގަަޑިތަކުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. އެ ކޯޕަރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ފޯރުކޮށްދެމުންދާ އިންޖީނުތަކުގެ ތެރެއިން ދެ މެގަވޯޓްގެ ޖަނަރޭޓަރަކަށް މިދިޔަ އާދިއްތަދުވަހު ދިމާވި މައްސަލައަކާއި ގުޅިގެން ލޯޑް މަތިވާ ގަޑިތަކުގައި ކަރަންޓް ކަނޑަންޖެހިދާނެ ކަމަށެވެ. ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކަ އިން ބުނެއެވެ. އަދި މައްސަލަ ހައްލު ކުރެވެންދެން މަތީ ލޯޑް ނަގާ އިލެކްޓްރޯނިކް އާލަތްތައް ބޭނުންކުރާ މިންވަރު މަދުކޮށް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް ފެނަކަ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ