ގާޒީ ނިހާން އާއި ޕީޖީ މުހްތާޒްގެ މައްސަލައިގެ އަޑުއެހުމެއް މިއަދު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރުނު މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ގާޒީ އަހުމަދު ނިހާން އާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހުސިންގެ އަޑުއެހުން މިއަދަށް ތާވަލުކޮށްފިއެވެ.
އެ ދެ ބޭފުޅުންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މިއަދުގެ 1030 އަށެވެ.
މުހްތާޒް އާއި ނިހާންގެ މައްޗަށް ފަސް ދައުވާއެއް ވަނީ ދައުލަތުން އުފުލާފައެވެ. މުހްތާޒްގެ މައްޗަށް އުފުލާފައިވަނީ ސައްހަ ނޫން ލިއުމެއް އުފެއްދިކަމުގެ ދައުވާ އާއި، ވަކި އުސޫލަކުން ދޫކޮށްފައިވާ ލިއުމެއް ކަމުގައި ސައްހަ ނޫން ގޮތުގައި އުފައްދާ ފައިވާ ލިއުމެއް ދެއްކުމުގެ ދައުވާއެވެ.
ނިހާންގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުމުގެ ދައުވާއާއި، ސައްހަ ނޫން ލިއުމެއް އުފެއްދުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.
މުހުތާޒާއި ނިހާނަށް ވަނީ ރައީސް ޔާމީން ހައްޔަރުކުރަން އަމުރު ނެރުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 17 އަހަރުގެ ޖަލު ހުކުމެއް މީގެކުރިން އިއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ