ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ކަމުގެ މަގާމަށް ދާދި ފަހުން އައްޔަން ކުރެއްވި އަބްދުﷲ ޖާބިރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރުމަށް ނިންމަވައިފިއެވެ.
ކުރިން ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ޖާބިރު މިކަން އިއުލާން ކުރެއްވީ އޭނާ ކުރެއްވި ޓުވީޓެއްގައިއެވެ.
ކުރީގެ ހުވަދު އަތޮޅު މެމްބަރުކަންވެސް ކުރައްވާފައިވާ ޖާބިރު ވިދާޅުވީ ވިދާޅުވީ ކާށިދޫ ދާއިރާގެ ޕްރައިމަރީއަށް ނިކުންނަވަން ނިންމާފައިވާ ކަމަށާއި އަންނަ ހަފްތާ ބަނދުގައި ދާއިރާގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާނެ ކަމަށެވެ.
ޖާބީރަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ކަންވެސް ކުރައްވުމުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ޖާބިރަކީ، މި ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރަކަށް ވަޑައިގަންނަވަން ކުރިން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އިބޫގެ ސަރުކާރުގައި މަސައްކަތް ކުރައްވަން އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރި އެކަކީވެސް ޖާބިރުއެވެ. އެގޮތުން ޖާބިރު ވަނީ އިކޮނޮމިކް މިނިސްްޓަރ ކަމަށް އޭނާއަށް ވުރެ ގާބިލް އެހެން ބޭފުޅަކު ނުހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.
އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ އިކޮނޮމިކް އެޑްވައިޒަރުކަން ކުރައްވައިފަ އެވެ.ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ 2017 ވަނަ އަހަރުއެވެ.
މަޖިލިސް އިންތިޚާބުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވަމުުން އަންނައިރު ވަރަށް ގިނަ ބަޔަކު މިހާރު ގެންދަނީ މަޖިލިސް އިންތިޚާބަށް ކެމްޕޭން ކުރަމުންނެވެ. ޕާޓީގެ ޓިކެޓް ހޯދުމަށް ގިނަ ބަޔަކު ކެމްޕޭން ކުރަމުން ދިޔަ ނަމަވެސް އަދި އެއްވެސް ޕާޓީއަކުން މަޖިލިސް އިންތިޚާބާއި ގުޅޭ މަސައްކަތެއް ކުރާކަން އެނގިފައެއް ނުވެއެވެ.
ޖާބިރު ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ