ޔުމްނާ މައުމޫން ޕީޕީއެމްއިން ވަކިވެވަޑައިގެންފި

މިނިސްޓަރު އޮފް އާޓްސް ކަލްޗާރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ޕީޕީއެމްގެ މެންބަރުކަމުން ވަކިވެވަޑައިގެންފިއެވެ.
މިނިސްޓަރު ޔުމްނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެކަމަނާ ޕީޕީއެމްއިން ވަކިވެވަޑައިގަތުމަށް މިއަދު ސިޓީ ހުށަހަޅުއްވާފައިވާނެ ކަމަށާއި ގިނަ ގޮންޖެހުންތަކާއެކު ވެސް އިސްލާހީ މަސައްކަތުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ޕީޕީއެމްއިން ވަކިވެވަޑައިގަތުމަށް އެދި ޔުމްނާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޕީޕީއެމް މިހާރު ހިންގަމުންދަނީ ޕާޓީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދާ އެއްގޮތަށް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ޕީޕީއެމްއިން މިނިސްޓަރު ޔުމްނާ ވަކިވެވަޑައިގަތުމަށް މިއަދު ސިޓީ ފޮނުއްވި އިރު، މިއަދު ވަނީ އެކަމަނާގެ ބައްޕާޕުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޕީޕީއެމްގެ ހިންގުން ހަވާލު ކުރުމަށް އެދި އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ ބެލެން ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ