އެކެއް ފެބްރުއަރީގެ އަމުރުން އަނިޔާވެރި ވެރިކަމެއްގެ މައިބަދަ ބިނދުނު: ރައީސް މައުމޫނު

މީގެ އެއް އަހަރުކުރިން 2018 ވަނަ އަހަރުގެ ފެބްރުއަރީ އެއް ވަނަ ދުވަހުގެ ރޭ ސްޕްރީމް ކޯޓުން ނެރުނު އަމުރަކީ އަނިޔަވެރި ވެރިކަމެއްގެ މައިބަދަ ބިންދައިގެންދިޔަ އަމުރެއްކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެކެއް ފެބްރުއަރީގެ ހަނދާންތައް އާކުރައްވާ ރައީސް މައުމޫނު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ މީގެ އެއް އަހަރުކުރިން އެކެއް ފެބްރުއަރީގައި، ސިޔާސީ ގައިދީން މިނިވަންކޮށް، ޑިމޮކްރެޓިކް ގާނޫނީ ހުކޫމަތު އިޔާދަކުރުމަށް ސަރުކާރަށް އަމުރުކޮށް ނެރުނު ކޯޓް އަމުރަކީ ތާރީހީ މުހިއްމު އަމުރެއް ކަމުގައެވެ.One year ago today Maldives Supreme Court issued its landmark decision of 1st February 2018 ordering government to release all political prisoners and restore democratic rule. A historic order that broke the backbone of a tyrannical regime.— Maumoon Abdul Gayoom (@maumoonagayoom) February 1, 2019ސްޕްރީމް ކޯޓްގެ އެއަމުރަކީ އަނިޔާވެރި ވެރިކަމެއްގެ މައިބަދަ ބިންދައިގެން ދިޔަ އަމުރެއްކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ހާލަތު އިއުލާނުކޮށް އެތައް ބަޔަކު ރައީސް ޔާމީންގެ ވެރިކަމުގައި ހައްޔަރު ކުރިއެވެ. ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ރައީސް މައުމޫނުވެސް ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ