ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ރާއްޖެ ވަޑައިގަތުން މާދަމާއަށް ފަސްވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ބައެއް ބޭފުޅުން ކުރިން ބުނެފަިއވާ ގޮތުގައި ގާސިމް އިބްރާހީމާއި ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދާއި ޖޭޕީގެ ރައީސް އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަންނަވާނެއެވެ. ނަމަވެސް ޖޭޕީގެ ނައިބް ރައީސް ޑރ.އަބްދުﷲ މައުސޫމް މިއަދު ވިދާޅުވި ގޮތުގައި ގާސިމް ރާއްޖެ ވަޑައިގެންނެވުން މިހާރު ވަނީ މާދަމާއަށް ފަސްކޮށްފައެވެ.
މައުސޫމް ވިދާޅުވެފައިވާ ގޮތުގައި ގާސިމް ރާއްޖެ ވަޑައިގަންނަވާނީ މާދަމާ މެންދުރު ދޭއް ޖަހާއިރުއެވެ. އަދި މާލެ ފައިބާ ވަޑައިގަންނަވާނީ ރަސްމީ ފާލަމުންނެވެ Varah gina beyfulhun suvaalu kuravvaathee dhannavan@Jumhooree_MV ge Leader Hon @qasimibrahim #JazeeraRaajje ah vadaigannavaanee Insha Allah maadhamaa (4 Oct. Buraasfathi) dhuvahu mendhuru fahu 2:00 jahaairu(miadhaku nooon ingeytho)Male' ah vadaigannavaanee Rasmee Faalamun.— Abdulla Mausoom (@Mausoom_Maus) October 3, 2018
ކަފާލާތުގެ ދަށުން 70000 ރުފިޔާ ބަހައްޓާ ގޮތަށް ޝަރުތުތަކަކާއެކު ހައިކޯޓުން ވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ގާސިމް ވެސް މިނިވަން ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނާ މައްސަލާގައި ގާސިމަށް އިއްވާފައިވަނީ ތިން އަހަރުގެ ޖަލު ހުކުމެކެވެ. ގާސިމަށް އެ ހުކުމް އިއްވާފައިވަނީ ހާލުކޮޅު ބޮޑުވެ އައިޖީއެމްއެޗްގައި އެޑްމިޓުކޮށް ފަރުވާ ދެމުން ދަނިކޮށް ގާސިމްގެ ޣައިރު ހާޒިރުގައެވެ.
ގާސިމް ރާއްޖެ ވަޑައިގަންނަވާނީ މާދަމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ