ރާއްޖޭގެ އެންމެ ބޮޑު ސުކޫލް "ހުރަވީ ސްކޫލް" ހުޅުވައިފި

ރާއްޖޭގައި މިހާތަނަށް އިމާރާތް ކުރި އެންމެ ބޮޑު ސްކޫލް، ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.
ދޮންބަންޑާރައިންގެ ޖިހާދުގެ ހަދާނުން ނަން ދީފައިވާ ހުރަވީ ސްކޫލް މިއަދު ރަސްމީކޮށް ހުޅުއްވާދެއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހުރަވީ ސްކޫލް ހުޅުވުމަށް ބޭއްވި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާއި، ނައިބް ރައީސްއާއި ބައެއް ވަޒީރުންނާއި އެޑިޔުކޭޝަން މިނިސްޓްރީއާއި އެޗްޑީސީގެ އިސްވެރިންގެ އިތުރުން ހުރަވީ ސުކޫލުގެ އިސްވެރިންނާއި މުވައްޒަފުންނާއި ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.
ހުރަވީ ސުކޫލުގައި މިއަހަރު ކިޔަވައިދިނުމަށް ހަމަޖައްސާފައިވަނީ ގުރޭޑު 9 އަކާއި ހަމައަށެވެ. ނަމަވެސް ސަރުކާރުގެ ވިސްނުމަކީ މި ސްކޫލްގައި ހަޔަރ ސެކަންޑްރީވެސް ތައާރަފްކޮށް ގްރޭޑް 11 އާ ހަމައަށް އަންނަ އަހަރުގެ ތެރޭގައި ކިޔަވައިދޭން ފެށުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.
ހުރަވީ ސުކޫލު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ އެންމެ ބޮޑު އުފަލަކީ ހިރިޔާ ސުކޫލުގައި ކިޔަވައިދޭ ހުރިހާ ޓީޗަރުންނަކީ ވެސް ދިވެހިންނަށް ވެގެން ދިއުން ކަމަށެވެ.
ހުރަވީ ސްކޫލަކީ ދަރިވަރުން ކިޔެވުމަށް ބޭނުންވާ ފަހުގެ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްފައި ހުރި ސްކޫލެކެވެ. އެގޮތުން އޭވީ ރޫމް، މަލްޓި ޕާޕަސް ހޯލް، ކޮންޕިޔުޓަރ ލެބް، ލެބޯޓްރީ އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމް ދެވޭ ސްޕެޝަލް ނީޑްސްގެ 2 ކްލާސް ރޫމް ވެސް މި ސުކޫލްގައި ހިމެނެ އެވެ.
ހަތް ބުރިއަށް އިމާރާތްކޮށްފައިވާ މިސުކޫލުގައި ޖުމްލަ 56 ކްލާސް ރޫމް ހުރޭ. މީގެ ތެރޭގައި މަސައްކަތާއި ހުނަރު ދަސްކޮށްދިނުމަށް ހާއްސަކޮށްފައިވާ ދެ ކުލާސް ރޫމް ވެސް ހިމެނެ އެވެ.
އެއް ފަންފަޅިއަށް ކިޔަވައިދޭ މި ސުކޫލުގައި ކިޔަވައިދޭން ފެށީ 780 ދަރުވަރުންނާ އެކު އެވެ. އެކަމަކު މިސުކޫލަކީ އެއްދަންފަޅީގައި އެއްފަހަރާ 1450 ދަރިވަރުންނަށް ކިޔަވައިދެވޭ ގޮތަށް ހަދާފައިވާ ސުކޫލެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ހުރަވީ ސުކޫލްގެ ނަން ޚާއްސަ ވެގެން ވަނީ ދިވެހިންގެ ދީނާއި ޤައުމިއްޔަތާއި ވަތަނިއްޔަތު ޢަދުއްވުންގެ އަތްދަށުން ސަލާމަތްކޮށްދެއްވުމަށް މަސައްކަތް ކުރައްވާފައިވާ އައްސުލްތާނުލް ހަސަން އިއްޒުއްދީން ހުރަވީ ކުލަރަންމީބަ ކައްތިރިބަވަނަ މަހާރަދުންނަށެވެ. ހަސަން އިއްޒުއްދީން މަޝްހޫރު ވެފައިވަނީ ހުރަވީގެ ނަމުނެވެ. ހުރަވީ ސްކޫލްގެ މޮޓޯ އަކީ އެ މަހާރަދުންގެ ޖިހާދުން ފިލާވަޅު ލިބި ގަނެ، އުޖާލާ މުސްތަޤްބަލެއް ބިނާ ކުރުން ކަމުގައި ސުކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ވަނީ ވިދާޅުވެފައެވެ.
ހުރަވީ ސްކޫލްގެ މޮޓޯ އަކީ ހުރަވީ މަހާރަދުންގެ ޖިހާދުން ފިލާވަޅު ލިބި ގަނެ، އުޖާލާ މުސްތަގުބަލެއް ބިނާ ކުރުން ކަމުގައިވެސް ހުރަވީ ސުކޫލުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ