އދ. ގެ ވޯކިން ގްރޫޕުން ނިންމާ ނިންމުންތަކަށް ރިޢާޔަތް ކުރަންޖެހޭނީ ސުޕްރީމް ކޯޓުން - ފޮރިން މިނިސްޓްރީ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގުޅޭގޮތުން އދ.ގެ ވޯކިން ގްރޫޕުން ދީފައިވާ ލަފާތަކަށާއި ނިންމާ ނިންމުންތަކަށް ރިޢާޔަތް ކުރަންޖެހޭނެ ކަމަށާއި އެކަންކަމަށް ރިޢާޔަތް ކުރަންޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން ގައުމުތަކުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރެއްވުމަށް ސްރީލަންކާގައި ބޭއްވި ބައްދަލުވުމަށްފަހު ފޮރިން މިނިސްޓްރީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޑަބްލިއުޖީއޭޑީގެ ނިންމުމާއި ހުށަހަޅާފައިވާ ހައްލާއި މެދު ކަމާ ބެހޭ އިދާރާ ކަމުގައިވާ ސުޕްރީމް ކޯޓުން ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ސަރުކާރަށް އޮޅުން ފިލާކަމަށެވެ.
"ޑަބްލިއުޖީއޭޑީގެ ނިންމުމާއި ހުށަހަޅާފައިވާ ހައްލާއި މެދު ކަމާ ބެހޭ އިދާރާއިން، އެއީ ސުޕްރީމް ކޯޓުން ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ސަރުކާރަށް އޮޅުން ފިލާ" ފޮރިން މިނިސްޓްރީން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވެއެވެ.
ސަރުކާރުން މިގޮތަށް ބުނި ނަމަވެސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތަންފީޒު ކުރަމުންދާ ޖަލު ހުކުމަކީ އާބިޓަރީ އެރެސްޓެއް ކަމާއި، އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފުވާ ހުކުމެއް ކަމަށް ދިވެހި ސަރުކާރުން ޤަބޫލު ނުކުރާ ކަމަށްވެސް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މިބައްދަލުވުމުގެ އިތުރުން އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރު ޖޭމްސް ޑޯރިސްއާއި އެމެރިކާގެ އެމްބެސެޑަރު އަތުލް ކެޝަޕްއާއި ޔޫރަޕިއަން ޔޫނިއަންގެ އެމްބެސެޑަރު ޑޭވިޑް ޑެލީއާއިވެސް ބައްދަލުކުރައްވާފައިވެއެވެ. އެބައްދަލުވުންތަކުގައި ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު މުޙައްމަދާއި ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު ޒާހިޔާ ޒަރީރު ބައިވެރިވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ