އައިފިލްމްސް އިން ދެން ގެނެސްދޭނީ "ލޯބިން"

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހި ފިލްމު އިންޑަސްޓްރީއަށް ބޮޑު އިންގިލާބެއް ގެނެސްދިން މޭސްތިރި ކަމަށްވާ އިލްޔާސް ވަހީދު (އިއްލެ) ގެ އައިފިލްމްސް އިން ކުރިއަށް ގެންނަން ތާވަލްކޮށްފައި އޮތް ފިލްމު ހާމަކޮށްިފިއެވެ.
އައިފިމްސް އަށް ހައަހަރު ފުރުމުގެ މުނާސަބާތާ ގުޅުވައިގެން އެ ފިލްމު ކުންފުނިން މި ފިލްމު އިއުލާންކުރިއިރު މި ފިލްމަށް ދީފައިވާ ނަމަކީ "ލޯބިން" އެވެ. މި ފިލްމުވެސް ލިޔެ ޑައިރެކްޓްކުރާނީ އިއްލެ އެވެ. އަދި މިއީ އަންނަ އަހަރު އޮލިމްޕަސް ސިނަމާއަށް ގެންނަން ތާވަލްކޮށްފައިވާ ފިލްމެއްވެސްމެއެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ފިލްމަކީ އައިފިލްމްސްގެ ފުރަތަމަ ލޯބީގެ ފިލްމުކަމަށެވެ. ފިލްމާ ގުޅޭ މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައިނުވި ނަމަވެސް އަވަސް މުސްތަގްބަލެއްގައި ފިލްމުގެ ކާސްޓުންވެސް އިއުލާންކުރާނެ ކަމަށް ބެލެވެއެވެ.
އައިފިލްމްސް އިން އެންމެ ފުރަތަމަ ބެލުންތެރިންނާ ހަމައަށް ގެނެސްދިނީ 2019 ވަނަ އަހަރު ނެރުނު ސައިކޮލޮޖިކަލް ތުރިލާ "ބަވަތި" އެވެ. އެ ފިލްމަކީ ބެލުންތެރިންގެ އުންމީދަށް ވާސިލްވެގެން ދިޔަ މޮޅު ފިލްމެކެވެ. އެއަށްފަހު މިދިޔަ އަހަރު ފިލްމު "ނީނާ" ގެނެސްދިންއިރު މި ފިލްމަކީ ވަރަށް ތަފާތު ވަރުގަދަ ފިލްމެކެވެ. އެ ފިލްމަކީ މިދިޔަ އަހަރު ސިނަމާތަކުގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ފިލްމުވެސްމެއެވެ. ނީނާ އަށްފަހު އިއްލެ ދެން ގެނެސްދިން ފިލްމަކީ "ކަންބަޅި"އެވެ. މިއީ ބިރުވެރި ޖޯންރާއަށް ތައްޔާރުކޮށް ގެނެސްދީފައިވާ ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ