ތާރީހީ ދުވަހެއް | ރާއްޖެއާއި ޗައިނާއާ ދެމެދު ފްރީ ޓްރޭޑް ފެށިއްޖެ

މި އެއްބަސްވުމާއެކު ރާއްޖޭގެ މަހުގެ އުފެއްދުންތައް ޗައިނާއަށް ޑިއުޓީ ނުނަގައި އެތެރެކުރެވޭނެ އެވެ.
އެއްބަސްވުމާއެކު އިމާރާތް ކުރުމުގެ ދާއިރާގެ ހުރިހާ އެއްޗެއްގެ ޑިއުޓީ މައާފުވާނެ 
ރާއްޖޭގެ ތާރީހުގައި ދެ ގައުމެއްގެ ދެމެދުގައި ފުރަތަމަ ގާއިމްކުރި ފްރީޓްރޭޑް އެގްރިމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފި އެވެ. 
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކުލަވާލި ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ގާއިމް ކުރިނަމަވެސް މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ އެއްބަސްވުމަށް އަމަލު ކުރުން އޮތީ ހުއްޓުވާފަ އެވެ. ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަނީ ދިވެހިންނަށް ބޮޑު މަންފާއެއް ލިބޭ ގޮތަށް އެއްބަސްވުން ފަހި ކުރައްވާފަ އެވެ.
ރާއްޖެއަށް އަހަރަކު 700 މިލިއަން ޑޮލަރުގެ މުދާ އެތެރެކުރާ ޗައިނާއާ ދެމެދު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ސަރުކާރުން ވަނީ ޗައިނާ އާއި ރާއްޖޭގެ ވިޔަފާރި އަހަރު އެއް ބިލިއަން ޑޮލަރަށް މަތި ކުރާނެ ކަމަށް ބުނެފަ އެވެ. 
ރާއްޖޭން ދަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އިތުރުން ކަރަންސީ ސެޓްލްމެންޓު އެއްބަސްވުމެއް ހަދަންވެސް މަސައްކަތް ކުރަމުންނެވެ. މި އެއްބަސްވުމުގެ ދަށުން ސަބަބުން ޗައިނާއިން މުދާ އެތެރެކުރަން އަހަރަކު ވިޔަފާރިވެރިން ބޭނުންވާ 700 މިލިއަނެއްހާ ޑޮލަރުގެ ބަަދަލުގައި ދިވެހި ރުފިޔާ އިން މުދަލަށް އަގު ދެއްކުމުގެ ފުރުސަތު ލިބޭނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ