އެމީހުންނަށް ތިމާމެންނަށް ހުރިހާ ކަމެއް އެނގޭކަމަށް ބުނި ނަމަވެސް އެމީހުންނަށް ހަމަ ނުއެނގެނީއެވެ. ނުވެސް ވިސްނެނީއެވެ. އެމީހުންގެ ތެރެއިން ވިސްނާ ފިކުރުކުރުމުން ކަންކަން އެނގޭ މީހުން އެދަނީ އިސްލާމްވަމުންނެވެ. އިސްލާމްވާ މީހުންގެ ތެރޭގައި ގިނައީވެސް އަންހެނުންނެވެ.
މިއަދުގެ ސޯޝަލް މީޑިއާއަށް ބެލުމުން އެކަނިވެސް މިބުނިބަހުގެ ތެދުކަން ވިސްނޭނެއެވެ. އަލަށް އިސްލާމްވެ ދީނަށް ނަޞްރުދޭން މަސައްކަތްކުރާ މީހުންގެ ތެރޭގައިވެސް ގިނައީ އަންހެނުންކަން ސޯޝަލްމީޑިއާއިން ވަރަށް ރަނގަޅަށް އެނގޭނެއެވެ.
ކޮންމެއަކަސް އެއްބައަކު ތެދުމަގުލިބިގަންނަމުންދާއިރު އަނެއް ބައަކު އަންނަނީ ތެދުމަގުގައި ތިބެފައި އެމަގު ދޫކޮށް ޝައިޠޯނާގެ މަގު އިޚްތިޔާރުކުރަމުންނެވެ. އެމީހުން ތެދުމަގު ދޫކުރަނީ ނުއެނގިތިބެއެވެ. ޝައިޠޯނުން ދައްކާ ވާހަކަތައް ޤަބޫލުކޮށް ޝައިޠޯނާގެ މަގުގައި އުޅުމަކީ ތިމާގެ ހަލާކުކަން ނުވިސްނޭތީއެވެ. ހުޅަނގުން ފަތުރަމުން އަންނަ އިސްލާމް ދީނާއި ޚިލާފް އޮއިވަރުތަކުގައި ޖެހެމުން އެއަންނަނީ އެހެންވެގެންނެވެ. އެމީހުން ހިތުން އެއޮއިވަރުގައި ޖެހުނަސް އެމީހުންނަކީ މުސްލިމުންނެވެ.
އެއީ އެކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ގޮތެއް ނޫނެވެ. މުސްލިމަކަށްވެވޭނީ ﷲ ތަޢާލާ އަންގަވާފައިވާ މަގުގައި ސާބިތުވެ ހުރެގެންނެވެ. ޝައިޠޯނާގެ ފަޅިއަށް ޖެހިއްޖެނަމަ އެމީހެއްގެ ކިބައިގައި އިސްލާމްދީންކަމެއް ނުއޮންނާނެއެވެ. މުސްލިމުންގެ ފަޅިން އެމީހަކު ބޭރުވާނެއެވެ. އެއިރުން އާޚިރަތް ގެއްލޭނެއެވެ. އެއިރުން ވަންނަން ޖެހޭނީ ނަރަކައަށެވެ.
ވީމާ ހޭލުންތެރިވާށެވެ! ޝައިޠޯނާގެ ފަޅީގައި ހުރެގެން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވަދެވޭނެކަމުގެ ވިސްނުން އަވަހަށް ދޫކޮށްލާށެވެ! އަވަހަށް ތައުބާވެ ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
އެންމެފަހުން ފައުޅުވާނެ ބޮޑު ދައްޖާލު ފައުޅުވާން ދާދި ގާތްވެއްޖެ ކަމުގެ ހެކިތައް ކޮންމެ ދުވަހަކުވެސް މިދަނީ އިތުރުވަމުންނެނެވެ. ބަނގުރަލާ މަސްތުވާތަކެތި މުޅި ދުނިޔެއަށް ޢާންމުވެއްޖެއެވެ. ބައެއް ޤައުމުތަކުގައި މިހާރުވެސް މިވަނީ އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނިކުރުން ހުއްދަކޮށްފައެވެ. އަންހެނުންނާއި ފިރިހެނުން އެއްގޮތަކަށް ހެދުންލައި އުޅުމަކީ އެންމެ ޢާންމު އެއްކަންތަކަށް މިއޮތީ ވެފައެވެ.
ދައްޖާލުދާ ކޮންމެ ތަނަކަށް ދިއުމުގެ ކުރިން އަންހެނަކު ގޮސް ދައްޖާލު އެތަނަކަށް އަންނަ ކަމުގެ ޚަބަރުދޭނެއެވެ. ދައްޖާލުދެކެ ބިރުގަތުމަށް ބުނާނެއެވެ. ދައްޖާލުގެ ފިތުނަ ކާމިޔާބުކުރުމުގައި އަންހެނުން އިސްދައުރެއް އަދާކުރާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
އިބްން ޢުމަރު (ރޢ) ރިވާކުރައްވަވާފައިވާ ޙަދީޘްފުޅަކުން އެނގެން އޮތް ގޮތުގައި ދައްޖާލުގެގާތަށް ގޮސް އެއެއްޗަށް ބައިއަތު ހިފާ މީހުންގެ ތެރޭގައި ގިނަވާނީ އަންހެނުންނެވެ. އަދި ފިރހެނުން އެމީހުންގެ އަނބިންނާއި މައިންނާއި ދަރިންނާއި ޢާއިލާގެ އަންހެނުން ދައްޖާލުގެ ގާތަށް ދިއަނުދޭން މަސައްކަތްކުރާނެއެވެ.
އަންހެނުންނަށް އެމީހުންގެ ޙައްޤުތައް ހޯދައިދިނުމާއި ބާރުވެރިކުރުމުގެ ނަމުގައި ހުޅަނގުގެ ޤައުމުތަކުން މިހިންގާ ކެންޕޭނަކީ ދައްޖާލު އަރާނެ ދުވަހަށް އަންހެނުން ތައްޔާރުކުރުވުމުގެ މަސައްކަތެވެ. އެފަދަ ކެންޕޭނުތައް މިއަދުމިވަނީ އިސްލާމީ ޤައުމުތަކުގައިވެސް ފެށިފައެވެ.
އަލް އަޙްޒާބް ސޫރަތުގައި މިއާޔަތްތައް އޮތްކަން އެނގޭކަމަށްވެސް ނުހަދައެވެ.
"އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު ޤާއިމްކުރާށެވެ! އަދި ތިޔަކަނބަލުން ޒަކާތްދޭށެވެ! އަދި ﷲ އާއި، އެކަލާނގެ ރަސޫލާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ އަހުލު ބައިތުންނޭވެ! ﷲ އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ ޠޯހިރު ކުރެއްވުމަކުން ތިޔަބައިމީހުން ޠޯހިރް ކުރެއްވުމަށެވެ." (އަލްއަޙްޒާބް: 33)
"އަދި ތިޔަކަނބަލުންގެ ގެތަކުގައި ﷲ ގެ އާޔަތްތަކާއި، ޙިކުމަތުގެ ތެރެއިން ކިޔެވޭ ތަކެތި ތިޔަކަނބަލުން ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ﷲ އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމުގައިވެއެވެ." (އަލްއަޙްޒާބް: 34)
"ހަމަކަށަވަރުން، މުސްލިމް ފިރިހެނުންނާއި، މުސްލިމް އަންހެނުންނާއި، މުއްމިން ފިރިހެނުންނާއި، މުއްމިން އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، ޞަދަޤާތް ދޭ ފިރިހެނުންނާއި، ޞަދަޤާތް ދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެ ފަރުޖް ތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ ފަރުޖް ތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރްކުރާ ފިރިހެނުންނާއި، ޛިކުރް ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި ﷲ ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ." (އަލްއަޙްޒާބް: 35)
"އަދި ﷲ އާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއްމިން ފިރިހެނަކަށްވެސް، އަދި މުއްމިން އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ."
(އަލްއަޙްޒާބް: 36)
މިއަދު އަންހެނުން ގެންގޮސް ސިފައިންނާއި ފުލުހުންގެތެރެއަށް ވައްދުވަނީއެވެ. އެކަނބަލުން އަމިއްލައަށްވެސް ގޮސް ވަންނަނީއެވެ. ފިރިހެނުންނާއި އެއްގޮތަށް ހެދުން އަޅުވައިގެން ފިރިހެނުން ފަދައިން ޙަރަކާތްތެރިކުރުވަނީއެވެ. ލޮބުވެތިކަނބަލުންނޭވެ! ބޮލުގައި ސްކާފެއް އެޅުމަކުން އަދި ނުނިމޭނެއެވެ. ޔުނިފޯމެއްގެ ނަމުގަވެސް ފިރިހެނުންނާއި އެއްގޮތަށް ހެދުން އެޅުން ތިއަކަނބަލުންނަށް ހުއްދަވެގެނެއް ނުވެއެވެ. އެންމެ ފަހުން މިބަޔާންކުރި ޢާޔަތަށް ބަލާށެވެ! ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ހުއްދައެއް ނުކުރެވޭނެއެވެ.
ލޮބުވެތިކަނބަލުންނޭވެ! ދައްޖާލު ފައުޅުވުމުން ދައްޖާލަށް މަރުޙަބާ ކިޔަން ހުޅަނގުން ފަތުރުވަމުން ގެންދުވާ ފިތުނައިގައި ޖެހި ތާށިނުވާށެވެ! ޤުރްއާނުގައިވާ މަގަށް އަވަހަށް އެނބުރޭށެވެ! ފިރިހެނުންނަށް އޮތީން އެމީހުންގެ އަނބިދަރިންނާއި އުޚުތުން ހޭލުންތެރިކުރުވުމެވެ. ދައްޖާލީ މޫވްމަންޓަށް ހޭލުންތެރިވެ ހޭލުންތެރި ކުރުވާށެވެ!
- ޤުރްއާން އެންޑް އިސްލާމް ޔޫޓިޔުބް ޗެނެލްގެ ދަރުސަކުން
ލޮބުވެތި ކަނބަލުންނޭވެ!: ދައްޖާލަށް މަރުޙަބާ ކިޔަން ދުނިޔެ ތައްޔާރުކުރަން ކުރިއަށްގެންދާ ކަންކަމުގަ ބައިވެރިވެގެން ސުވަރުގެ ލިބޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ