ސައޫދީ އަރަބިއްޔާގެ ޝޫރާ ކައުންސިލްގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސް، ހިޒް އެކްސެލެންސީ ޝައިޚް ޑރ. ޢަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހީމް އަލް އައްޝައިޚް، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ރާއްޖެ ވަޑައިގެންފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރަސްމީ އެކްސް އެކައުންޓުގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ދައުވަތަކަށް ޝައިޚް ޑރ. ޢަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހީމް އަލް އައްޝައިޚް ރާއްޖެ ވަޑައިގަތީ އިއްޔެއެވެ. ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސް، އޮނަރަބަލް ޑޮކްޓަރ ޢަބްދުﷲ މުޙައްމަދު އިބްރާހީމް އަލްޝައިޚް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިދަތުން... ފޮޓޯ/ މަޖިލިސް މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް އާ ފުރުސަތުތަކެއް ހޯދުމުގެ މަޤްސަދުގައި ކުރައްވާ ދަތުރުފުޅެކެވެ. https://x.com/mvpeoplesmajlis/status/2056348731029815776 މި ދަތުރުފުޅާ ގުޅޭގޮތުން ޑރ. ޢަބްދުﷲ އަލް އައްޝައިޚް ވިދާޅުވީ، މިއީ ސަޢޫދީ އާއި ރާއްޖެއާ ދެމެދު އޮތް ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށާއި، މިއީ ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އިތުރަށް މަޝްވަރާކުރުމަށް ދެ ޤައުމުގެ ވެރިން ދެއްވާ އަހަންމިއްޔަތު ހާމަވާ ކަމެއް ކަމަށެވެ. ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސް، އޮނަރަބަލް ޑޮކްޓަރ ޢަބްދުﷲ މުޙައްމަދު އިބްރާހީމް އަލްޝައިޚް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިދަތުން... ފޮޓޯ/ މަޖިލިސް ޕާލަމެންޓަރީ ޑިޕްލޮމަސީގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޝޫރާ ކައުންސިލްގެ ރައީސް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބިނާވެފައިވަނީ އިސްލާމީ އަޚުވަތްތެރިކަމާއި ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުމުގެ މައްޗަށް ކަމަށެވެ. މި ދަތުރުފުޅުގެ ސަބަބުން ސަޢޫދީ ޝޫރާ ކައުންސިލާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާ ދެމެދު އޮތް ގުޅުމަށް އާ ދިރުމެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. https://x.com/mvpeoplesmajlis/status/2056342604208587254 މި ދަތުރުފުޅުގެ ތެރެއިން ޝޫރާ ކައުންސިލްގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. މީގެ އިތުރުން ދިވެހި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ވެސް އެ މަނިކުފާނު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސް، އޮނަރަބަލް ޑޮކްޓަރ ޢަބްދުﷲ މުޙައްމަދު އިބްރާހީމް އަލްޝައިޚް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިދަތުން... ފޮޓޯ/ މަޖިލިސް ޝޫރާ ކައުންސިލްގެ ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި އެ ކައުންސިލްގެ މެންބަރުން ކަމަށްވާ ޑރ. މުޙައްމަދު ބިން އަލީ މުބާރަކް، އިންޖިނިއަރު މަހްދީ ބިން ނާސިރު އަލް ދޯސަރީ، ޑރ. ލުލުއާ ބިންތި ޢަބްދުލްޣައްފާރު ފާދާ އަދި ޑރ. ދަލާލް ބިންތި މުޙްޔިއްދީން މަނަފާނީ ބައިވެރިވެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ