ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެެސް ބޭއްވުން އަވަސްކޮށްފި އެވެ.
ވީކިހިނެއް؟ - ކުރިން ޕީއެންސީގެ ކޮންގްރެސް ބާއްވަން ނިންމާފައި އޮތީ އަންނަ އޮކްޓޯބަރުގަ އެވެ. ނަމަވެސް ރޭ އެ ޕާޓީން ބޭއްވި ބައްދަލުވުމެއްގައި ވަނީ އެ ތާރީހު އަވަސް ކުރުމަށް ނިންމައިފަ އެވެ.
ތަފްސީލް - ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރޭ އެ ޕާޓީ މެމްބަރުންގެ މަޖިލީހެއް ބޭއްވި ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:
ރޭ ބޭއްވި މެމްބަރުންގެ މަޖިލީހަށް ރައީސް މުހައްމަދު މުއިއްޒު ހުށައެޅުމެއް ހުށައެޅުއްވި
މެމްބަރުންގެ މަޖިލީހުގެ އިއްތިފާގުން އެ ހުށައެޅުން ފާސްވި
އެކަމަކު ހުށަހެޅުއްވީ ކޮން ހުށަހެޅުމެއް ކަމެއް ވިދާޅެއްނުވޭ
ޕާޓީގެ މެމްބަރުންގެ މަޖިލީހުގެ ބައްދަލުވުންތައް ކައިރި ކައިރީގައި ބާއްވާނެ
"މުޅި ޕާޓީ މިދަނީ ޕާޓީގެ މަތީ މަޖިލިހަށް (ކޮންގްރެސްއަށް) ވަރަށް ފުރިހަމައަށް ތައްޔާރުވަމުން،" ޝުޖާއުގެ ޕޯސްޓުގައިވެ އެވެ.
'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ރޭ އޮތް އެ މަޖިލީހަށް ރައީސް މުއިއްޒު ހުށަހެޅުއްވި ހުށަހެޅުމަކީ އޮކްޓޯބަރުގައި ބާއްވަން އޮތް އެ ޕާޓީގެ ކޮންގްރެސް އަވަސް ކުރުމަށެވެ.
އެ ބައްދަލުވުމުގައި އެ ހުށަހެޅުން ފާސްކޮށްފައިވާއިރު، ކޮންގްރެސް އަވަސްކުރަން ނިންމި ސީދާ ތާރީހެއް އަދި ނޭނގެ އެވެ. މިކަމާ ބެހޭ ގޮތުން ޕީއެންސީގެ ޖަވާބެއް އަދި ނުލިބެ އެވެ.
ޕީއެންސީގެ ކޮންގްރެސް އަވަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ