އެމެރިކާގެ ކްރެޑިޓް ރޭޑިން އެޖެންސީ ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީސީ-" އަށް މިއަދު މަތިކޮށްފި އެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފައިވާ މައިގަނޑު ސަބަބަކީ ސުކޫކު ދެއްކުމުން ސޮވަރިން ޑިފޯލްޓަކަށް ދިޔުމުގެ ފުރުސަތު ހަނިވުމެވެ.
ދުނިޔޭގެ އިހުތިރާމް ލިބިފައިވާ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން ބުނީ ރެވެނިއު-ސައިޑް އިސްލާހުތައް އަދި ބޭރު ފައިސާގެ ގާނޫނު ފުރިހަމައަށް ތަންފީޒުކޮށްފި ނަމަ ބޭރު ފައިސާ އިތުރު ކުރުމަށް އިތުރު ފުރުސަތުތަކެއް ރާއްޖެއަށް ލިބޭނެ ކަމަށެވެ.
ސުކޫކު ދައްކައި ހަލާސްކޮށްފައިވާ މި ދަނޑިވަޅުގައި ރަހުމަތްތެރި ގައުމުތަކުގެ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި ވެސް ލިބިއްޖެ ނަމަ އޭގެ ސަބަބުން ކުރު މުއްދަތުގައި ދައްކަންޖެހޭ ދަރަންޏަށް ލުއި ލިބި، ބޭރު ފައިސާ ގިނަ ކުރަން މަގުފަހިވާނެ ކަމަށެވެ.
އެކަމަކު އަދިވެސް ރާއްޖެއަށް މާލީ ގޮންޖެހުންތައް އެބަހުރި ކަމަށް ފިޗުން ފާހަގަ ކުރެ އެވެ. އޭގެ ތެރޭގައި އެތެރޭގެ ދަރަނި ބޮޑުވުމާއި ރިޒާވުގައި އެކަށީގެންވާ ވަރަށް ފައިސާ ނެތުމާއި އިރާން-އެމެރިކާ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ފައިސާ މަދުވުން ހިމެނެ އެވެ.
ސުކޫކު ދެއްކުމާއި ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ވަރަށް ބޮޑު ރޯލެއް އަދާ ކުރައްވައިފަ އެވެ. ހާއްސަކޮށް ކުއްލިއަކަށް ކުރިމަތިވި އިރާން-އެމެރިކާ ހަނގުރާމައިގެ ގޮންޖެހުންތަކާއެކު ވެސް ސުކޫކު ދެއްކުނީ ޒަމީރުގެ މަސައްކަތުންނެވެ.
ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީ" އަށް ދަށް ކުރީ އޯގަސްޓު، 2024، ގަ އެވެ. އެއިރު ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ އިތުރުން ސަރުކާރުން ވެސް މާލީ ގޮތުން އަޅަމުން އައީ ނުރަނގަޅު ފިޔަވަޅުތަކެކެވެ.
އޭގެ ފަހުން ޖޫން، 2025، ގައި ރާއްޖޭގެ ހާލަތު ރިވިއު ކުރުމަށްފަހު ވެސް ފިޗުން ވަނީ ކުރިން ކަނޑައެޅި ރޭޓިން ދަމަހައްޓައިފަ އެވެ.
ސުކޫކު ދެއްކުމުން ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ