ވަތަނީ ހިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗް ފުރިހަމަ ކުރި 77 ޒުވާނަކު ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ބ. ކިހާދޫ އަށް ފުރައިފި އެވެ.
އެ ޒުވާނުން ފުރާފައި ވަނީ ކިހާދޫގައި ގާއިމް ކޮށްފައި ހުންނަ އެމްއެންޑީއެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް އަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ 16 އަހަރާއި 19 އަހަރާއި ދެމެދުގެ 77 ޒުވާނުން ބައިވެރިވެފައިވާ ކަމަށެވެ.
އެ ޕްރޮގްރާމުގެ ތެރެއިން ޒުވާނުންނަށް ތަފާތު ހަ ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތުލިބިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމްގެ މަގްސަދަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ރައްޔިތުން ބިނާ ކުރުމެވެ.
ވަތަނީ ހިދުމަތް ފުރިހަމަ ކުރި 77 ޒުވާނަކު ފަންނީ ތަމްރީނަށް ކިހާދޫ އަށް ފުރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ