އަމިއްލަ ދަރިފުޅަށް ޖިންސީގޯނާކުރި ފުލުހެއްގެ މައްސަލަ މިދިޔަ ހޯމަ ދުވަހު ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ އެ މުއައްސަސާއިން ތަހުގީގުކުރަން ފަށައިފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ފުލުސް މީހާ ޖިންސީގޯނާކުރީ އޭނާގެ 15 އަހަރުގެ ދަރިއަށެވެ. މައްސަލައާ ގުޅިގެން ކުއްޖާގެ އިތުރުން އާއިލާ މީހުންގެ ބަޔާންވެސް ވަނީ ނަގާފައި ކަމަށް މައުލޫމާތު ލިބެ އެވެ.
"އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 2026 ޖޫން 1 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވޭ،" ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށް ގެންދަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުންނެވެ. މީގެ އިތުރުން، ތުހުމަތު ކުރެވޭ ފުލުސް އޮފިސަރާ ގުޅޭ އިދާރީ މައްސަލަ ބަލަމުންދަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުންނެވެ. މިއީ ފުލުހުންގެ އަހުލާގީ މިންގަނޑުތަކާ ހިލާފުވާ މުވައްޒަފުންގެ މައްސަލަތައް ބަލާ ހާއްސަ ބޮޑީ އެވެ.
ފުލުސް މީހާ މައްސަލަ ބަލަމުންދާއިރު މިވަގުތު އޭނާ ސަސްޕެންޑްކުރިކަން ނުވަތަ ފިޔަވަޅެއް އެޅިކަން ފުލުހުން ހާމައެއް ނުކުރެ އެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ވަރަށް ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށްތަކެކެވެ. ވަކިން ހާއްސަކޮށް، ދައުލަތުގެ މަގާމެއްގައި ހުރެ ނުވަތަ ކުއްޖާގެ އިތުބާރު ހިފޭ ފަދަ މަގާމެއްގައި ހުރެ މިފަދަ އަމަލެއް ހިންގުމަކީ ކުށުގެ ދަރަޖަ އިތުރަށް ބޮޑުވެގެންދާ ކަމެކެވެ.
އަމިއްލަ ދަރިފުޅަށް ޖިންސީގޯނާ ކުރި ފުލުހެއްގެ މައްސަލަ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ