ހިތަދޫ ބައި-އިލެކްޝަން ޞާދިޤް ކާމިޔާބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤު ކާމިޔާބުކުރައްވައިފިއެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ސައީދަށް ލިބިވަޑައިގަތީ 1313 ވޯޓެވެ. ސޯބެއަށް ލިބިފައި ވަނީ 1375 ވޯޓެވެ. ސާދިގަށް ކާމިޔާބު ލިބިވަޑައިގަތީ 62 ވޯޓުގެ ތަފާތަކުންނެވެ.
މިއަދުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބޭ 4121 މީހުންގެ ތެރެއިން 66.2 ޕަސެންޓު މީހުން ވަނީ ވޯޓު ލައިފަ އެވެ. އެއީ 2730 މީހުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، 2024 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބުގައި އެ ދާއިރާއަށް އިންތިޚާބުވި މެންބަރުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަން ހާމަވުމާ ގުޅިގެންނެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ކޯޓުން ކުރި ޙުކުމާ ގުޅިގެން އެ ގޮނޑި ވަނީ ހުސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ