މަޖިލީހުން ގޮތެއް ނުނިންމައި އޮއްވައި އީސީގެ މެމްބަރު ނަޝާތުގެ ދައުރު ހަމަވެއްޖެ
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އަލީ ނަޝާތު އައްޔަންކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ވަކި ގޮތެއް ނުނިންމައި ވަނިކޮށް އޭނާގެ ދައުރު މިއަދު ހަމަވެއްޖެއެވެ. ކޮމިޝަންގެ މެމްބަރުކަމުގައި ނަޝާތުގެ ފަސް އަހަރުގެ ދައުރު ހަމަވެފައިވާއިރު އޭނާ އެ މަގާމަށް އަލުން އައްޔަންކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ. ނަމަވެސް މަޖިލީހުގެ ފާއިތުވި ދައުުރު ނިންމައި ޗުއްޓީއަށް ދިޔައިރު ވެސް އެ ހުށަހެޅުމާމެދު ވަކި ގޮތެއް ނިމިފައެއް ނުވެއެވެ. މަޖިލިސް ޗުއްޓީއަށް ދިޔައީ މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ނުނިމި މަޑުޖެހިފައިިވަނިކޮށެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ތެރެއިން މަގާމެއް ހުސްވެއްޖެނަމަ 60 ދުވަހުގެ ތެރޭ އެ މަގާމަށް އަލުން މީހަކު އައްޔަންކުރުމަށް ގާނޫނުން ލާޒިމްކުރެއެވެ. މިހާރު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ގޮތުގައިި ތިއްބަވާނީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި، ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ޙަބީބުގެ އިތުރުން މުޙައްމަދު އާސިފާއި، ޑރ. މުޙައްމަދު ޒާހިރެވެ. ނަޝާތުގެ ދައުރު ހަމަވުމުގެ ކުރިން ވަނީ އޭނާ ބައިވެރިވެރިވެވަޑައިގަތް އިއްޔެ ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި ވަނީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައެވެ. ނަމަވެސް އެއީ ފުއާދު މަގާމުން ވަކިވާނެ ކަމެއް ނޫނެވެ. ރިޔާސީ އިންތިޚާބަށް ދެ މަސް ދުވަހުގެ މުއްދަތެއް ބާކީ އޮތްއިރު އެ ކޮމިޝަންގެ މެމްބަރުން ތިއްބެވީ ދެ ފަޅިއަކަށް ބެހިފައެވެ. މިހާރު ތިއްބެވި ހަތަރު މެމްބަރުންގެ ތެރެއިން ދެ މެމްބަރަކު އަދިވެސް ފުއާދާމެދު އިތުބާރެއް ނެތެވެ. ފުއާދު ޗެއާ ކުރައްވާ ކޮމިޝަންގެ ބައްދަލުވުންތަކުގައި އެ މެމްބަރުންގެ އެއްބާރުލުން ނުލިބޭތީ، ބައްދަލުވުންތައް މިހާރު ޗެއާ ކުރައްވަނީ ހަބީބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ