ޝަރީއަތް މެދުކަނޑާލި ވަގުތު ދައުލަތުގެ ވަކީލުންނާއި ރައީސް ޔާމީން ދިމާކޮށްލިކަމަށް ބުނި ބުނުން ދޮގުކޮށްފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށް ސާބިތުވި މައްސަލައިގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުން މެދުކަނޑާލި ވަގުތު ކުރީގެ ރައީސް ޔާމީން މިއަދު ދައުލަތުގެ ވަކީލުންނާއި ދިމާކޮށްލިކަމަށް ބުނެ ފެތުރެމުންދާ ހަބަރު އެމަނިކުފާނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލް ދޮގުކުރައްވައިފިއެވެ.
ޑރ. ޖަމީީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ކުރެއްވީ ސަމާސާ ސުވާލެއްކަމަށެވެ.
"ދިމާ ނުކުރައްވާ. ހަމައެކަނި ސަމާސާ އަކަށް ސުވާލެއްކުރެއްވީ. މިހާރު ހުރިހާ ނޫސްތަކެއްހެން ސަރުކާރުގެ ޖީބުގައި އޮތަސް ރ. އިބޫ ރޭވުމެއްގެދަށުން ރ. ޔާމީނަށާ ރ. ނަޝީދުއަށް އަނިޔާކުރާކަންސިއްރެއް ނުކުރެވޭނެ. ދަޢުވާތަކަކީ ޖަހާ ސަކަރާތެއް! ނޫސްތަކަށް އެވާހަކަ ލިޔަން ނުކެރުމަކީ ވަކި ވާހަކައެއް!" ޑރ. ޖަމީލް ވިދާޅުވިއެވެ.
މަނީ ލޯންޑާ ކުރުމާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް މިހާރުވެސް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް މިހާރުވެސް އަންނަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ