އޮފީތަކުގެ މެދުގައި ބާއްވާ ވޮލީ ބޯޅަ މުބާރާތް މިއަދު ހަވީރު ފަށަނީ

ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން އޮފީތަކަށް ހުޅުވާލައިގެން ބާއްވާ ވޮލީ ބޯޅަ މުބާރާތް މިއަދު ހަވީރު 16:00ގައި ފަށާނެއެވެ.
ހުޅުމާލެ ވޮލީބޯޅަ އައުޓްޑޯ ކޯޓުގައި ބާއްވާ މި މުބާރާތުގައި 9 އޮފީހަކުން ވަނީ މިއަހަރުގެ މުބާރާތުގައި ބައިވެރި ވެފައެވެ. އެއީ
މިއަދު ހަވީރު މި މުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. މުބާރާތުގެ ފުރަތަމަ މެޗްގައި ވާދަކުރާނީ ސްޓެލްކޯއާއި އެމްއޭސީއެލް އެވެ. ރޭ ގަނޑު 20:30 އޮންނާނީ އެމްޕީއެލް އާއި އާބަންކޯއެވެ.
މިއަހަރު ބައިވެރިވެފައިވާ ޓީމްތަކުގަ ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، ރާއްޖޭގެ ގައުމީ ޓީމުގައި ކުޅޭ ކުޅުންތެރިންނާއި ފުރަތަމަ ޑިވިޝަންގައި ކުޅޭ ކުޅުންތެރިން ފެނިގެންދާނެއެވެ.
މިއަހަރުގެ މުބާރާތް ސްޕޮންސާ ކޮށްފައިވަނީ އާބަންކޯއިންނެވެ. މީގެ އިތުރުން މުބާރާތުގެ ޕާޓްނަރުގެ ތެރޭގައި ދިރާގާއި ނެސްލޭ މައިލޯ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ