ހޯދާ މީހާގެެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި

މާރާމާރީގެ މައްސަލައެއްގައި ފުލުހުން ހޯދަމުންދާ މީހަކު ފޮރުވައިގެން ގެންގުޅޭ ކަމަށް ތުހުމަތުކޮށް މިއަދު ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހުން ދޫކޮށްލައިފި އެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މިދިޔަ މަހު 15 ގައި ހޯދަން އިއުލާންކުރީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ އިބްރާހިމް ފައިހް ނިޒާމް، 25، އެވެ.
އޭނާ ފޮރުވައިގެން ގެންގުޅޭ ކަމަށް ތުހުމަތުކޮށް ފުލުހުން ރޭ ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ.
މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ގެންދިއުމުން އޭގެ ތެރެއިން ދެ މީހުން ވަނީ ދޫކޮށްލައިފަ އެވެ. އަދި ތިން މީހުންނަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.
އެނގިފައިވާ ގޮތުގައި ފައިހް ނިޒާމް ހޯދަމުން ދަނީ މިދިޔަ ޖެނުއަރީ، 14 ވަނަ ރޭގެ ދަންވަރު މާލޭގެ ކެފޭއަކަށް ވަދެ މީހަކު ޒަހަމުކޮށްލި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭތީ އެވެ.
Maaramaree akaa gulhigen hodhaa meehaa foruvaigen gengulhey kamuge thuhumathah 5 meehun hayyru koffi
The most trusted news source in the Maldives
Mihaaru
މިފަހުން މާލޭގައި ގޭންގު މާރާމާރީތައް އަނެއްކާވެސް ވަނީ ގިނަވެފަ އެވެ. އެ މާރާމާރީތަކުގައި އެކަކު މަރާލާފައި ވާއިރު ތަންތަނާއި ތަކެއްޗެއް ގެއްލުން ވެސް ވަނީ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ