ލިޔެކިޔުންތައް ހަމަ ސައިކަލެއް ފުލުހުން ޖޫރިމަނާ ކޮށްފި

ހުރިހާ ލިޔެކިޔުމެއް ހަމަ ސައިކަލެއް ފުލުހުން ޖޫރިމަނާ ކޮށްފިވެ.
އެކަމާ ގުޅިގެން "ވޮއިސް" އަށް މައުލޫމާތު ދެމުން ސައިކަލްގެ ވެރިފަރާތް އަލީ ފާއިޒް ބުނީ، ސައިކަލް ޖޫރިމަނާ ކޮށްފައިވާކަން އެނގުނީ، މީގެ ދެދުވަސް ކުރިން، ފާއިޒްގެ ނަމުގައިވާ އޭނާގެ ކޮއްކޮ ދުއްވާ ސައިކަލަށް އަހަރީ ފީ ދައްކަން އުޅުމުން ކަމަށެވެ.
އެގޮތުން ފާއިޒްގެ ނަމުގައިވާ ސައިކަލެއް ޖޫރިމަނާ ކޮށްފައިވާކަން އެނގުމުން ބެލި ބެލުމުގައި، އެއީ މިދިޔަ މަހުގެ ފަހުކޮޅު ހިނގި ހާދިސާއެއްކަން އެނގުނު ކަމަށް ފާއިޒު ބުންޏެވެ.
Advertisement
ފާއިޒު ބުނީ، މިދިޔަ މަހުގެ ފަހުކޮޅު ރައީސް ޔާމީން ފުރާވަޑައިގަންނަވާ ތަނަށް ދިއުމަށްފަހު އަނބުރާ ގެއަށް ދާން އުޅުމުގެ ތެރޭގައި ފުލުހުން އޭނާ ހިފަހައްޓައި ސައިކަލު ޗެކްކުރަން ބޭނުންވާ ކަމަށް ބުނުމުން ހުރިހާ ލިޔެކިޔުން ހަމަޔަށް ދެއްކި ކަމަށެވެ. އަދި ފުލުހުން އޭނާގެ ލައިސަންސް ހިފެހެއްޓި ކަމަށެވެ. އަދި ލައިސަންސް ހިފެހެއްޓި ސަބަބު އެހުމުން، ސަބަބު ބުނަން ނުޖެހޭ ކަމަށް ބުނެ ވަރަށް ރުންކުރުކޮށް ވާހަކަ ދެއްކި ކަމަށް ފާއިޒު ބުންޏެވެ.
ފުލުހުން ޖޫރިމަނާކޮށްފައި
އެކަމާ ހިތްހަމަ ނުޖެހިގެން ދިފާއުގައި ވާހަކަ ދެއްކުމުން ފާއިޒުގެ ލައިސަންސް ދިނުމަށްފަހު، ޖޫރިމަނާ ސްލިޕް ނުދީ ހިފެހެއްޓި ކަމަށް އޭނާ ބުނެއެވެ. އިންޝުއަރެންސްއާއި ރޯޑުވާދިނަސް ހަމަ ނޫން ކަމަށް ބުނެ ޖޫރިމަނާ ކުރި ނަމަވެސް އެތަކެތި އޭރުވެސް ހަމަވާނެ ކަމަށް ފާއިޒު ބުނެއެވެ. އަދި އެއްޗެހި ހަމައިރުވެސް ޖޫރިމަނާ ކުރީ ކީއްވެތޯ އެހުމުން ފުލުހުން ވަކި ޖަވާބެއް ނުދޭ ކަމަށް ފާއިޒު ބުންޏެވެ.
އިންސުއަރެންސް އަދި ރޯޑު ވާދިނަސް
އެކަމާ ގުޅިގެން އިއްޔެ ފުލުހަށް ގުޅުމުން، އެއީ ގޯހެއް ކަމަށާއި މީހެއްގެ ހައްގެއް ނިގުޅައިގަތުން ކަމަށް ފުލުހުންވެސް ބުނި ކަމަށް ފާއިޒޔު ބުންޏެވެެ. އަދި މިއަދުމާ ސީޕީއާ ބައްދަލުކުރަން އެޕޮއިންޓްމަންޓެއް ހަމަޖައްސައިދޭނެ ކަމަށް ފުލުހުން ބުނެފައިވާކަމަށްވެސް ފާއިޒު ބުންޏެވެ.
މިކަމާ ގުޅިގެން "ވޮއިސް" އިން ފުލުހުންނާ ސުވާލު ކުރުމުން އަދި ވަކި ޖަވާބެއް ނުދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ