ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް އޮކްޓޫބަރުމަހު ރާއްޖެއަށް

އިނގިރޭސިވިލާތުގެ މަޝްހޫރު ބިލިއަނަރު ރިޗާޑް ބްރޭންސަންގެ ވާޖިން އެޓްލާންޓިކް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ އެވެ.ވާޖިން އެޓްލާންޓިކް އިން މިހާރު ޓިކެޓު ވިއްކަން ފަށާފައިވާއިރު ފުރަތަމަ ފްލައިޓު ލަންޑަނުގެ ހީތުރޯއިން ރާއްޖެއަށް ކުރާނީ އޮކްޓޯބަރު 22, 2022 ގަ އެވެ.އާއްމު ގޮތެއްގައި ޔޫރަޕްގެ ގިނަ އެއާލައިންތަކުން ޔޫރަޕްގެ ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް ދަތުރުތައް ކުރެއެވެ. ވާޖިން އެޓްލާންޓިކް އިން ހަފްތާއަކު ތިން ފްލައިޓު ރާއްޖެއަށް ކުރާނެއެވެ.ބިލިއަނަރު ބްރޭންސަން ވެސް ވަނީ އޭނާގެ އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފަށަން ނިންމިކަން އިއުލާންކޮށް ޓްވީޓެއް ކުރައްވާފައެވެ. އޭނާގެ ޓްވީޓްގައި ވަނީ ރާއްޖެއަށް ޒިޔާރަތް ކުރަން ޖެހޭ ހަތް ސަބަބެއް ބަޔާންކޮށް ލިޔެފައިވާ ލިޔުމެއްގެ ލިންކް ވެސް ހިމަނާފައެވެ.ވާޖިން އެޓްލާންޓިކުން ދަނީ ދުނިޔޭގެ 32 މަންޒިލަކަށް ދަތުރުކުރަމުންނެވެ. އަދި, އެ އެއާލައިނުގެ ފްލީޓުގައި 41 ފްލައިޓު އެބައޮތެވެ.ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފަަށަން ތައްޔާރުވަމުންދާއިރު، މިހާރު ރާއްޖެއަށް 36 އެއަރލައިނަކުން ދަނީ ބައިނަލްއަޤްވާމީ ދަތުރުތައް ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ